Advertisement
ކ. މާލެ
|
10 އޭޕްރިލް 2023 | ހޯމަ 08:16
ނައިމާ ދިރިއުޅެމެންދިޔަ ގެ
ނައިމާ ދިރިއުޅެމެންދިޔަ ގެ
ރާއްޖެއެމްވީ
ނ. މަނަދޫ
މަނަދޫގައި ސީސީޓީވީ ހަރުކޮށްދޭނެ ފަރާތެއް ހޯދަނީ
27 އޭޕްރީލްގެ ކުރިން ބިޑް ހުށަހެޅުމަށް ވަނީ ހުޅުވާލާފައި
ނައީމާގެ މަރުގެ ތަހުގީގު އަދިވެސް ކުރިއަށްދޭ

ނ. މަނަދޫގެ އެކި ސަރަހައްދުތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފިއެވެ.

މަނަދޫ ކައުންސިލުން އާދީއްތަ ދުވަހު ކުރި އިއުލާނުގައި ވަނީ ކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތަށް އެރަށުގެ އެކި ސަރަހައްދުތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވާކަމަށް ބުނެފައެވެ،

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 17 އޭޕްރީލްގެ 14:00 ގެ ކުރިން ރަޖިސްޓްރީކުރުމަށް އެދިފައިވެއެވެ. އަދި 18 އޭޕްރީލްގެ 13:15 ގައި ކައުންސިލަށް ގޮސް މައުލޫމާތު ސާފުކޮށް، 27 އޭޕްރީލް ވާ ބުދަ ދުވަހުގެ ކުރިން ބިޑް ހުށަހެޅުމަށް އެދިފައިވެއެވެ.

Advertisement

މި މަސައްކަތަށް ބިޑް ހުށަހެޅޭނީ މައުލޫމާތު ސާފުކުރުމަށް ޚާއްސަކޮށްފައިވާ ގަޑިއަށް އައިސް މައުލޫމާތު ސާފުކުރާ ފަރާތްތަކަށް ކަމަށް މަނަދޫ ކައުންސިލުން ބުނެފައިވެއެވެ.

މަނަދޫގައި ސީސީޓީބީ ހަރުކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފައިވަނީ އަނިޔާތަކަކާއެކު އެ ރަށުން މީހަކު މަރުވެފައި އޮއްވައި ފެނިފައި ވަނިކޮށެވެ. ނައީމާ މޫސާގެ މަރުގެ ތަހުގީގު ކުރިއަށްދާއިރު ފުލުހުން ވަނީ އޭނާގެ މަރާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ފުލުހުންނާ ހިއްސާކޮށްދިނުމަށް އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް