ކ. މާލެ
|
24 ޖޫން 2024 | ހޯމަ 13:03
ނައިމާ މޫސާ މާރާލާފައި އޮއްވާ ފެނުނު އޭނާގެ ގެ
ނައިމާ މޫސާ މާރާލާފައި އޮއްވާ ފެނުނު އޭނާގެ ގެ
ރާއްޖެއެމްވީ
ނައީމާގެ މަރުގެ މައްސަލަ
ނައީމާގެ މަރު: ފަވާޒަށް ކުރާ ދައުވާގެ އަޑުއެހުން މިއަދު ކުރިއަށް ނުގެންދެވުނު
އަޑުއެހުން ކެންސަލް ވެފައިވަނީ މައްސަލައިގެ ދިފާއީ ވަކީލު އެހެން އަޑުއެހުމެއްގައި ހުންނެވުމުގެ ސަބަބުން
ގާޒީ ވަނީ އޭނާއަށް ލިބިގެންވާ ޙައްޤުތައް ކިޔާދީފައި

ނ. މަނަދޫ ނައީމާ މޫސާ މަރާލި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރެއިން ވިނަރެސް، ނ. މަނަދޫ، ހަސަން ފަވާޒުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުން ކެންސަލްވެއްޖެއެވެ.

އޭނާގެ މައްޗަށް 3 ދައުވާއެއް ކޮށްފައިވެއެވެ. އެއީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާއި، އަދުލު އިންސާފު ޤާއިމު ކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާގެ އިތުރުން، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައިގައި 8 ފެބްރުއަރީގައި ބޭއްވި އަޑުއެހުމުގައި ގާޒީ ވަނީ އޭނާއަށް ލިބިގެންވާ ޙައްޤުތައް ކިޔާދީފައެވެ. ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ އާދަމްއެވެ.

އެ ދުވަހު ގާޒީ ވިދާޅުވީ، ދެން އޮންނަ އަޑުއެހުމެއްގައި ދައުވާއަށް ޖަވާބުދާރީވުމާއި، ހެކި ރައްކާތެރި ކުރުމުގެ ބައި ކުރިއަށް ގެންދަވާނެކަމަށެވެ.

މި މައްސަލައިގައި ދައުލަތުން ހެކި ރައްކާތެރި ކޮށްދިނުމުގެ ހުށަހެޅުމެއްވެސް ހުށަހަޅާފައިވެއެވެ.

ކްރިމިނަލް ކޯޓުން މައުލޫމާތު ދޭ ގޮތުގައި އަޑުއެހުން ކެންސަލް ވެފައިވަނީ މައްސަލައިގެ ދިފާއީ ވަކީލު އެހެން އަޑުއެހުމެއްގައި ހުންނެވުމުގެ ސަބަބުންނެވެ.

މި މައްސަލައިގައި ދެން ހައްޔަރު ކޮށްފައިވަނީ އަހުޒަމް އަބްދުލްޝަކޫރުއާއި، އަބްދުލްވާހިދު ރިފާސްއެވެ. އެ މީހުންގެ މައްޗަށްވެސް ކުރަނީ އެއް ދައުވާތަކެކެވެ.

- ކޮމެންޓް