ކ. މާލެ
|
9 އޭޕްރިލް 2023 | އާދީއްތަ 18:04
ހަނިމާދޫ ބަނދަރު
ހަނިމާދޫ ބަނދަރު
އެމްޓީސީސީ
ހަނިމާދޫ ބަނދަރު ތަރައްގީ ކުރުން
ހަނިމާދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ނިންމާލައިފި
މިއީ 65.15 މިލިއަން ރުފިޔާގެ މަޝްރޫއެއް

ހދ. ހަނިމާދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާލާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނެފައިވާ ގޮތުގައި މި މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިމުނީ މިމަހުގެ އެއްވަނަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން 19,870 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 6,525 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި 310 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 704 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

މީގެ އިތުރުން 140 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓު ޖެހުމާއި 90 މީޓަރުގެ ސަރަހައްދެއްގައި ގޮރޮއިންސް ޖެހުމާއި 2,583 އަކަ މީޓަރު ސަރަހައްދެއްގައި ކޮންކްރީޓު ޕޭމަންޓު ހެދުމާއި ޖެޓީއެއް ހެދުމާއި ބުރިޖު ހެދުމާއި ރޭމްޕު ހެދުމާއި ނެރު ބައްތި އަދި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ވަނީ ކޮށްފައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުންސިންގ އެންޑް އިންފްރާސްޓްރަކްޗާއިން ހަނިމާދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 65.15 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އަމަލީ މަސައްކަތް ފަށާފައިވަނީ 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް