ކ. މާލެ
|
7 އޭޕްރިލް 2023 | ހުކުރު 19:48
ފަރެސްމާތޮޑާ މަސްވެރިން
ފަރެސްމާތޮޑާ މަސްވެރިން
ފަރެސްމާތޮޑާ މަސްވެރިއެއް
ބަޒާރުގައި މަހުގެ އަގު
މަސްވެރިކަން ދަށް، އަގު އުފުލުމުގެ ފުރުސަތު އެބަ އޮތް
ވަޅޯ މަހުގެ ވިޔަފާރިވެސް ވަނީ ވަރަށް ބޮޑުތަނުން ދަށްވެފަ
ގޮދާގެ އަގު ހުރީ 35 އަށް ކިލޯއެއް

މި ރަމަޟާން މަހު މަސްވެރިކަން ދަށް ކަމަށާއި މަހުގެ އަގު ކުރިއަށް އޮތްތަނުގައި އުފުލުމުގެ ފުރުސަތު އޮތް ކަމަށް މަހުގެ ވިޔަފާރި ކުރާ ފަރާތްތަކުން ބުނެފިއެވެ.

މަސްމާރުކޭޓުގެ ބައެއް ވިޔަފާރިވެރިން ބުނީ މި ވަގުތު މަސް ވިއްކަމުން ދަނީ ގަންނަން ލިބޭ އަގާއި އަޅާ ބަލާ އިރު ކުޑަ އަގެއްގައި ކަމަށެވެ. އަދި ރޯދަ މަހުގެ ކުރިއަށް އޮތްތަނުގައި މަހުގެ އަގު އުފުލުމަކީ އެކަށީގެންވާ ކަމެއް ކަަމަށް މަސްވެރިން ބުނެއެވެ.

ހުކުރު ދުވަހު މަސްމާރުކޭޓުގެ އަގުތައް ހުރިގޮތަށް ބަލާއިރު ގޮދާގެ އަގު ހުރީ 35 އަށް ކިލޯއެކެވެ. ކަންނެލި ހުރީ 25 ރުފިޔާ އަށް ކިލޯއެކެވެ. އަދި މަސްމާރުކޭޓުގައި އަގު ހުރިގޮތަށް ބަލާއިރު ކުޑަ ކަންނެއްޔެއް ހުރީ 25 ރުފިޔާ އަށެވެ. އަދި ކަޅުބިލަމަސް ވެސް ހަމަ އެ އަގުގައި ހުރި އިރު ބޮޑުކަންނެލި ކިލޯއެއް 30 ރުފިޔާ އަށް ލިބެން އެބަހުއްޓެވެ. ވިޔަފާރިވެރިން ބުނާގޮތުން މަހުގެ އަގު ރޯދަ މަސް ފެށުނު އިރަށް ވުރެ ވަނީ ދަށް ވެފައެވެ.

ރޯދަ މަސް ފެށުނު އިރު ގޮދާގެ އަގު ހުރީ 45-50 އަށް ކަމަށް މަސްވެރިން ބުނެއެވެ. މަސްވެރިކަން ދަށް ވުމުގެ ސަބަބުން ވަޅޯ މަހުގެ ވިޔަފާރިވެސް ވަނީ ވަރަށް ބޮޑުތަނުން ދަށްވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް