ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އޭވިއޭޝަން ފިއުލް އަދި ގޭސްއޮއިލް ފޯރުކޮށްދިނުމަށް އެސްޓީއޯއާއި އެމްއޭސީއެލްއާ ދެމެދު ވެފައިވާ އެއްބަސްވުން އައުކޮށްފިއެވެ.
އެސްޓީއޯއިން އަންނަނީ 2011 ވަނަ އަހަރުން ފެށިގެން އެމްއޭސީއެލްއަށް ބޭނުންވާ އޭވިއޭޝަން ފިއުލް އަދި ގޭސްއޮއިލް ފޯރުކޮށްދެމުންނެވެ.
ބުރާސްފަތި ދުވަހު ބޭއްވި އެއްބަސްވުމުގައި އެސްޓީއޯއާއި އެމްއޭސީއެލުން ވަނީ 2024 ވަނަ އަހަރުގެ މާޗް 31 ވަނަ ދުވަހުގެ ނިޔަލަށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އޭވިއޭޝަން ފިއުލް އަދި ގޭސްއޮއިލް ފޯރުކޮށްދިނުމަށް ވެފައިވާ އެއްބަސްވުން އައުކޮށްފައެވެ.
އެސްޓީއޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ސައީދު އެވެ. އަދި، އެމްއޭސީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މަޙުޖޫބު ޝުޖާޢުއެވެ.
އައު އެއްބަސްވުމުގެ ދަށުން 1.5 މިލިއަން ފީފާގެ އޭވިއޭޝަން ފިއުލް ފޯރުކޮށްދިނުމަށް ވަނީ އެއްބަސްވެފައެވެ. އަދި 80،000 ފީފާގެ ގޭސްއޮއިލް ފޯރުކޮށްދިނުމަށް އެއްބަސްވެފައިވެއެވެ.