ކ. މާލެ
|
6 އޭޕްރިލް 2023 | ބުރާސްފަތި 00:14
ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ
ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ
ރޮއިޓާސް
ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ
ޔޫކްރެއިންގެ ރައީސް ޕޮލެންޑަށް ވަޑައިގެންފި
ޕޮލެންޑަށް ހިޖުރަކޮށްފައިވާ ޔޫކްރެއިންގެ ރެފިއުޖީންނާއި ޕޮލެންޑްގެ އާންމު ރައްޔިތުންނާއި ވިޔަފާރިވެރިންނާވެސް ޒެލެންސްކީ ބައްދަލުކުރައްވާނެ
މިދަތުރުފުޅުގައި ޕޮލެންޑްގެ ރައީސް އަންޑްރޭ ޑޫޑާ އަދި ބޮޑުވަޒީރު މަޓުއެސް މޮރަވިއެޓްސްކީއާ ބައްދަލުކުރައްވާނެ
ޒެލެންސްކީ ޕޮލެންޑަށް ވަޑައިގަންނަވާފައި ވަނީ ބުދަ ދުވަހު

ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ޕޮލެންޑަށް ވަޑައިގަންނަވައިފިއެވެ.

ޒެލެންސްކީ ޕޮލެންޑަށް ވަޑައިގަންނަވާފައި ވަނީ ބުދަ ދުވަހުއެވެ.

ޒެލެންސްކީ ޕޮލެންޑަށް ކުރައްވާ މިދަތުރުފުޅަކީ ރަޝިއާއިން ޔޫކްރެއިންގައި ހިފާފައިވާ ސަރަހައްދުތައް އަލުން އަނބުރާ ހޯދުމަށް އެގައުމުން "ކައުންޓަރ-އޮފެންސިވް" ހަމަލާތަކެއް ދިނުމަށް ތައްޔާރުވަމުންދާ ވަގުތާ ދިމާކޮށް ކުރެއްވި ދަތުރު ފުޅެކެވެ.

މިދަތުރުފުޅުގައި ޕޮލެންޑްގެ ރައީސް އަންޑްރޭ ޑޫޑާ އަދި ބޮޑުވަޒީރު މަޓުއެސް މޮރަވިއެޓްސްކީއާ ބައްދަލުކުރައްވާނެއެވެ.

މީގެ އިތުރުން، ރަޝިއާ-ޔޫކްރެއިން ހަނގުރާމަ ފެށުމާއެކު، ޕޮލެންޑަށް ހިޖުރަކޮށްފައިވާ ޔޫކްރެއިންގެ ރެފިއުޖީންނާއި ޕޮލެންޑްގެ އާންމު ރައްޔިތުންނާއި ވިޔަފާރިވެރިންނާވެސް ޒެލެންސްކީ ބައްދަލުކުރައްވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރަޝިއާއިން ޔޫކްރެއިންގައި ދެމުންދާ ހަމަލާތަކުން ދިފާއުވުމަށް އެގައުމަށް އަސްކަރީގޮތުންވެސް ގިނަ އެހީތަކެއް ޕޮލެންޑުން ދަނީ ފޯރުކޮށްދެމުންނެވެ. އެގޮތުން ޕޮލެންޑުން ވަނީ ޖަރުމަނުގެ ލެޕަރޑް ޓޭންކަރުވެސް ޔޫކްރެއިނަށް ފޮނުވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް