ކ. މާލެ
|
4 އޭޕްރިލް 2023 | އަންގާރަ 22:22
ޖަޕާން-މޯލްޑިވްސް ޕޮލިސީ ޑައިލޮގް
ޖަޕާން-މޯލްޑިވްސް ޕޮލިސީ ޑައިލޮގް
ފޮރިން މިނިސްޓްރީ
ޖަޕާން-މޯލްޑިވްސް ޕޮލިސީ ޑައިލޮގް
ޖަޕާން-މޯލްޑިވްސް ޕޮލިސީ ޑައިލޮގުގެ 4 ވަނަ ބައްދަލުވުން ބާއްވައިފި
 
އެކި ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކުރި

މިނިސްޓްރީ އޮފް ފޮރިން އެފެއަރޒާއި ޖަޕާންގެ މިނިސްްޓްރީ އޮފް ފޮރިން އެފެއަރޒް ގުޅިގެން ބާއްވާ, "ޖަޕާން-މޯލްޑިވްސް ޕޮލިސީ ޑައިލޮގް"ގެ 4 ވަނަ މަޝްވަރާ ބައްދަލުވުން ބާއްވައިފިއެވެ.

މި ބައްދަލުވުން ކުރިއަށްދިޔައީ އަންގާރަ ދުވަހު ޖަޕާންގެ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައެވެ. މި ބައްދަލުވުމުގައި ވާހަކަ ރާއްޖޭގެ ވަފްދުގައި އިސްކޮށް ހުންނެވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް، އަހުމަދު ޚަލީލެވެ. އަދި ޖަޕާނު ވަފްދުގައި އިސްކޮށް ހުންނެވީ އެގައުމުގެ ފޮރިން މިނިސްޓްރީގެ ސައުތުއީސްޓް އެންޑް ސައުތުވެސްޓް އޭޝިއަން ޑިޕާޓްމެންޓުގެ ޑިރެކްޓަރ ޖެނެރަލް، އަރީމާ ޔުކާޓާއެވެ.

މި ޑައިލޮގުގައި ފޯކަސްކޮށްފައިވަނީ ދެގައުމުގައި މިހާރުވެސް އޮތް ގާތް ގުޅުން އިތުރަށް ވަރުދަކުރުމަށެވެ. ޚާއްޞަކޮށް، އިގްތިސާދާއި ތަރައްގީގެ ގޮތުން ގުޅިގެން މަސައްކަތްކުރުމާއި، ވިޔަފާރިއާއި އިންވެސްޓްމެންޓުގެ އިތުރުން ސަރަހައްދީ އަދި މެރިޓައިމްގެ ގޮތުން ގުޅުން ބަދަހިކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ.

މިގޮތުން ދެގައުުގެ ކުރިއެރުމާ ގުޅުންހުރި ކަންކަމުގައި، ގުޅިގެން މަސައްކަތްކުރުމާއި، ސަރަހައްދީ އަމާންކަމާއި ސުލްހަ މަސަލަސްކަން ގާއިމްކުރުމަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި މިކަމުގައި ހުރި ގޮންޖެހުންތައް ކުޑަކުރުމަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން ސަގާފީ ގޮތުންނާއި ތައުލީމީ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމަކީ ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވާކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި އާރޓްސްއާއި ސަގާފަތާއި، ކުޅިވަރުގެ ދާއިރާއިން މަސައްކަތްކުރުމަށް ދެ ގައުމުން ވަނީ އެއްބަސްވެފައެވެ.

މައިގަނޑުގޮތެއްގައި މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވަނީ ދެގައުމުގެ ގުޅުން ބަދަހިކުރެވޭނެ ކަންކަމާ ގުޅޭގޮތުންނާއި އަދި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުންނެވެ.

ޖަޕާން-މޯލްޑިވްސް ޕޮލިސީ ޑައިލޮގްގެ 3 ވަނަ މަޝްވަރާ ބައްދަލުވުން ބާއްވާފައިވަނީ 4 މާރޗް 2021ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް