Advertisement
ކ. މާލެ
|
5 ޖުލައި 2017 | ބުދަ 22:47
 އަދާލަތު ޕާޓީގެ ފޮރިން ރިލޭޝަން ކޮމެޓީގެ ރައީސާ ޝިދާތާ ޝަރީފު
އަދާލަތު ޕާޓީގެ ފޮރިން ރިލޭޝަން ކޮމެޓީގެ ރައީސާ ޝިދާތާ ޝަރީފު
ރާއްޖެއެމްވީ
ކުނޫޒު ޖަލްސާ
އަޅުގަނޑުމެން ގެއަށް ވަންނާނީ ނަސްރާއެކީ : ޝިދާތާ
ޤައުމުގެ މުސްތަޤްބަލް އުޖާލާކަމަށް ފެންނަކަމަށް

 އިދިކޮޅު ފަރާތްތަކުން ގެއަށް ވަންނާނީ ނަސްރާއެކީ ކަމަށް އަދާލަތު ޕާޓީގެ ފޮރިން ރިލެޝަން ކޮމެޓީގެ ރައީސާ ޝިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެރޭ މ. ކުނޫޒްގައި އިދިިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝިދާތާ ވިދާޅުވީ، ޤައުމުގެ މުސްތަޤުބަލް އުޖާލާކަމަށް ފެންނަކަމަށާއި ބިރުދެއްކުމާއި، ހުރިހާ ގޮތަކުން ގޮންޖެހުންތައް ކުރިމަތިވެފައިވާ ހާލު، ރައްޔިތުންގެ މަގުގައި ސާބިތުވެ ތިއްބަވަން ނިންމެވީތީ، މެމްބަރުންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ޝެއިހް އިމްރާން އިންޓަވިއުއެއް ދެއްވީތީ އެމަނިކުފާނުގެ ހުރިހާ އިނާޔަތްތައް ކަނޑާލައި، އާއިލީ ބައްދަލުވުންތައް ހުއްޓުވައި، އާއިލީ ފޯންކޯލްތައް ކަނޑާލައި ކަންތައްތައް ކުރެއްވިކަމުގައި ވިޔަސް އެމަނިކުފާނުގެ ހިތްވަރަށް ކުޑަވެސް އަސަރެއް ނުކުރާނެކަމަށް ހޯމް މިނިސްޓަރަށް ދަންނަވާލަން ބޭނުންވާ ކަމަށް ޝިދާތާ ވިދާޅުވީއެވެ.

ޝިދާތާ އިތުރަށް ވިދާޅުވީ ރައީސް ޔާމީންއަށް މަޖިލީހުގެ ސުޕަރ މެޖޯރިޓީ ގެއްލިފައިވާ ކަމަށާއި ރައީސް ޔާމީން ހަތިޔާރު ބެހެއްޓުން ނޫން ގޮތެއް މިހާރު ނެތްކަމަށެވެ.

މިވަގުތަކީ ހުރިހާ މެމްބަރުންވެސް ވަރަށް ބޮޑަށް މަސައްކަތްކުރަންވީ ވަގުތު ކަމަށާއި ކުރިއަށް އޮތްތާނގައި ބިޔަ ބޮޑު މަސައްކަތްތަކެއް ކުރެވިގެންދާނެކަންވެސް ޝިދާތާވަނީ ފާހަގަކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް