ކ. މާލެ
|
4 އޭޕްރިލް 2023 | އަންގާރަ 10:22
ފުލުހުންގެ މައި އިދާރާ --
ފުލުހުންގެ މައި އިދާރާ --
މިހާރު
މާލޭގައި އެކްސިޑެންޓެއް ހިނގުން
ފުލުހުން އެންގުމުން މަޑުނުކޮށް ބާރު ސްޕީޑުގައި ދިޔަ ސައިކަލެއް އިތުރު ދެ ސައިކަލުގައި ޖެހި އެކްސިޑެންޓެއް ހިނގައިފި
 
އެކްސިޑެންޓް ހިނގީ ބާރު ސްޕީޑުގައި ދިޔަ ސައިކަލެއް 01:03 ހާއިރު ގަޑިބުރު ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް ނަލަހިޔާ ކައިރިން އިތުރު ދެ ސައިކަލެއްގައި ޖެހިގެން

ފުލުހުން މަޑުކުރަން އެންގުމުން މަޑު ނުކޮށް ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް އިތުރު ދެ ސައިކަލުގައި ޖެހި އެކްސިޑެންޓެއް ވެއްޖެއެވެ.

ފުލުހުން ބުނީ ހޯމަ ދުވަހުގެ ރޭ މާލެތެރެ ޕެޓްރޯލްކުރަމުން ދިޔައިރު ދަންވަރު 01:03 ހާއިރު ގަޑިބުރު ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ނަލަހިޔާ ކައިރިން އިތުރު ދެ ސައިކަލެއްގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. އެ ސައިކަލު ދިޔައީ ފުލުހުން މަޑުކުރަން އެންގުމުން މަޑު ނުކޮށް ބާރު ސްޕީޑުގައި ދުއްވާފައި ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެކްސިޑެންޓްވުމުން ވެސް ސައިކަލުގައި ހުރި މީހާ މަސައްކަތްކޮށްފައި ވަނީ މަޑު ނުކޮށް ދާން ކަމަށް ފުލުހުން ބުނެއެވެ. އެހެންނަމަވެސް ފުލުހުން ވަނީ އޭނާ ހުއްޓާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ސައިކަލް ދުއްވާފައި ވަނީ ލައިސެންސް ނެތް މީހެއް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
67%
0%
0%
33%
0%
0%
ކޮމެންޓް
ގުޅުންހުރި
މޫސުން ގޯސް: ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި
ބަނޑޭރިކޮށީގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން: ފުލުހުން
ބުޅަލަކަށް އަނިޔާކޮށް، އުސްފާރެއްގެ މަތިން ހޫރާލި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި