ސްނޯކްލިން އަށް ދިޔަ ޗައިނާގެ ފަތުރުވެރިޔަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
އެކަމާއި ގުޅިގެން އެމްއެންޑީއެފުން ބުނީ ގެއްލިގެން ހޯދަމުން އަންނަނީ ހިލްޓަން މޯލްޑިވްސް އަމަންގިރި ރިސޯޓް އެންޑް ސްޕާގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ ފަތުރުވެރިއެއް ކަމަށެވެ.
އެމީހާ ހޯދުމުގެ މަސައްކަތްތައް އެމްއެންޑީއެފް ކޯސްޓްގާޑުގެ ސްކޮޑްރަންގެ ޑައިވަރުން ކުރަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ. އެމްއެންޑީއެފް އިން ބުނީ އޭނާ ގެއްލުނު ކަމަށް ރިޕޯޓު ލިބިފައި ވަނީ އާދިއްތަ ދުވަހުކަމަށެވެ.