ކ. މާލެ
|
3 އޭޕްރިލް 2023 | ހޯމަ 13:10
ގާޒީ އާދަމް މުހައްމަދު
ގާޒީ އާދަމް މުހައްމަދު
ޖޭއެސްސީ
ކްރިމިނަލް ކޯޓުގެ އިސްގާޒީ
ސުންގަޑި ހަމަވިއިރު ކްރިމިނަލް ކޯޓުގެ އިސްގާޒީ ކަމަށް ކުރިމަތިލެއްވީ ގާޒީ އާދަމް މުޙައްމަދު
ކްރިމިނަލް ކޯޓުގެ އިސް ގާޒީއަށް 49،300 ރުފިޔާގެ މުސާރައެއް ލިބޭނެ
3 އޭޕްރިލް 2023 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ޖޭއެސްސީން ފުރުސަތު ހުޅުވާލި

ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަޤާމަށް އެ ކޯޓުގެ ހިންގުމާ ވަގުތީ ގޮތުން ޙަވާލުވެ ހުންނެވި ގާޒީ އާދަމް މުހައްމަދު ކުރިމަތިލައްވައިފިއެވެ.

އިސް ގާޒީ ކަމަށް ކުރިމަތިލެއްވޭނީ ކްރިމިނަލް ކޯޓުގައި މަސައްކަތް ކުރަމުންގެންދާ ފަނޑިޔާރުންނަށްކަން ފާހަގަކޮށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ 3 އޭޕްރިލް 2023 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް އެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލާފައެވެ.

ރާއްޖެއެމްވީން ސުވާލުކުރުމުން ޖޭއެސްސީގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ސުންގަޑި ހަމަވިއިރު އެ މަޤާމަށް ކުރިމަތިލައްވާފައިވަނީ އެ ކޯޓުގެ ގާޒީ އާދަމް މުހައްމަދު ކަމަށެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީއަށް 49،300 ރުފިޔާގެ މުސާރައެއް ލިބޭނެއެވެ.

އެ ކޯޓުގެ އިސްގާޒީ ކަމުގައި ކުރިން ހުންނެވީ އަހުމަދު ޝަކީލެވެ. ދާދި ފަހުން ޝަކީލް ވަނީ ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނު ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް