ކ. މާލެ
|
2 އޭޕްރިލް 2023 | އާދީއްތަ 17:35
ފައްޔާޒް އިސްމާއިލް
ފައްޔާޒް އިސްމާއިލް
އެމްޑީޕީ
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން
ގުރައިދޫ ދާއިރާ ކުރިން އެމްޑީޕީ އަށް ނުލިބޭ، މިފަހަރު ލިބޭނެ އިންޝާﷲ :ފައްޔާޒް
 
އެމްޑީޕީގެ ސަރުކާރުގެ މި 4 އަހަރުތެރޭގައި މިދާއިރާގެ 3 ރަށުގައި ވަނީ ބޮޑެތި ތަރައްގީގެ މަޝްރޫއުތައް ހިންގާފަ
 
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި ތިން ޕާޓީއަކުން ވާދަކުރޭ

ގުރައިދޫ ދާއިރާ އަކީ މީގެ ކުރިން އެމްޑީޕީ އަށް ކާމިޔާބު ކުރެވިފައި ނުވާ ދާއިރާ އެއް ކަމަށާއި ނަމަވެސް ކުރިއަށް އޮތް ބައި އިލެކްޝަންގައި އެމްޑީޕީ އަށް ކާމިޔާބު ވާނެ ކަމުގެ އުންމީދު ބޮޑު ކަމަށް އެމްޑީޕީގެ ޗެއަރޕަރސަން އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް އެފަދައިން ވިދާޅުވީ ކުރިއަށް އޮތް ބައި އިލެކްޝަން އާއި މެދު އެމްޑީޕީން ކުރާ އުންމީދާއި އެ އިންތިޚާބުގެ މުހިންމުކަމާއި މެދު ރާއްޖެ ޓީވީ އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ފައްޔާޒް ވަނީ ހޮނިހިރު ދުވަހު އެ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިން ހިނގަމުންދާ ގޮތް ވެސް ބައްލަވާލައްވާފައެވެ.

ތި ދާއިރާ އަކީ ދުވަހަކު ވެސް އެމްޑީޕީ އަށް ލިބިފައިވާ ދާއިރާ އެއް ނޫން. އިންޝާﷲ މިފަހަރު އެމްޑީޕީ އަށް ކާމިޔާބު ވާނެ
ފައްޔާޒް

ފައްޔާޒްގެ އިތުރުން އެމްޑީޕީގެ ޗެއާރޕަރސަންގެ ނައިބު އިބްރާހީމް ވަހީދު (އިބުރޭ) ވެސް ވަނީ ކުރިއަށް އޮތް ބައި އިލެކްޝަނާއި މެދު އެމްޑީޕީ އިން ކުރާ އުންމީދު ބޮޑު ކަމަށް ފާހަގަކުރައްވާފައެވެ.

އެގޮތުން ފާއިތުވި ދުވަސްތަކުގައި ކެމްޕެއިންގެ ތެރެއިން އެނގުނު ކަމަކީ އާއްމުން ތިބީ ސަރުކާރާއި އެކު ކުރިއަށް ދާން ތައްޔާރަށް ކަންކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މި ސަރުކާރުން އެ ދާއިރާގެ ރަށްތަކުގެ ތަރައްޤީ އަށް ދޭ އިސްކަން އެ ރައްޔިތުން ބަލައިގަންނަ ކަމަށެވެ. އަދި ސަރުކާރާއި އެކު ދާއިރާ އަށް އިތުރު ތަރައްގީ ގެނައުމުގެ ރޫހު އެ ދާއިރާ އިން ފެނުނު ކަމަށް ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީގެ ސަރުކާރުގެ މި 4 އަހަރުތެރޭގައި މިދާއިރާގެ 3 ރަށުގައި ވަނީ ބޮޑެތި ތަރައްގީގެ މަޝްރޫއުތައް ހިންގާފައެވެ. އޭގެތެރޭގައި ގުޅީގައި ފެނާ ނަރުދަމާގެ މަސައްކަތް އެއްކޮށް ނިމި، މާފުށީގެ ބިން ހިއްކުމާއި ޕިކްނިކް އައިލެން ފަދަ މަޝްރޫއުތައް ވަނީ ނިންމާފައެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި ތިން ޕާޓީއަކުން ވާދަކުރެއެވެ. އެއީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީ އާއި އިދިކޮޅު މައި ޕާޓީ ޕީޕީއެމް އާއި އަދި އެމްއެންޕީއެވެ. ކެންޑިޑޭޓު ނަންބަރު އެކެއް ލިބިވަޑައިގަތީ ޕީޕީއެމްގެ ކެންޑިޑޭޓް ޙުސައިން ރިޒާ އާދަމް އަށެވެ. ކެންޑިޑޭޓް ނަންބަރު ދޭއް އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް ޝާޒަށް ލިބިވަޑައިގެންނެވިއިރު ކެންޑިޑޭޓް ނަންބަރު ތިނެއް ލިބިވަޑައިގަތީ އެމްއެންޕީގެ ކެންޑިޑޭޓް ޢަލީ ޢަރީފް އަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
100%
0%
0%
0%
0%
ކޮމެންޓް