ކ. މާލެ
|
2 އޭޕްރިލް 2023 | އާދީއްތަ 16:31
ޕާކިސްތާނާ ދެކޮޅަށް ނުކުތް ރާއްޖޭގެ ގައުމީ ޓީމުގެ ފުރަތަމަ 11: މުޅިންވެސް ތިބީ މާޒިޔާގެ ކުޅުންތެރިން
ޕާކިސްތާނާ ދެކޮޅަށް ނުކުތް ރާއްޖޭގެ ގައުމީ ޓީމުގެ ފުރަތަމަ 11: މުޅިންވެސް ތިބީ މާޒިޔާގެ ކުޅުންތެރިން
އެފްއޭއެމް
ޗެރިޓީ ޝީލްޑް މެޗު
މާޒިޔާއަށް ގައުމީ ޓީމު، އީގަލްސްއަށް 19 އަހަރުން ދަށުގެ ޓީމު
މާޒިޔާގައި ގައުމީ ޓީމުގެ 12 ކުޅުންތެރިން އެބަތިބި

ހަތް މަސް ދުވަހަށް ފަހު ރާއްޖޭގެ އައު ފުޓްބޯޅަ ސީޒަން ފަށަން މާދަމާ ރޭ ކުޅޭ ޗެރިޓީ ޝީލްޑް ފުޓްބޯޅަ މުބާރާތުގެ ކުރިން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި، ދެ ޓީމުގެ ކޯޗުން ދެއްކީ ވަރަށް ތަފާތު ދެ ވާހަކައެކެވެ. އެ ވާހަކަތަކުން ދައްކައިދިނީ ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތެވެ. ކަންކަން ބައްޓަންވެފައިވާ ގޮތުން، އެ ވާހަކަތަކުން ކުރިމަގު ކޮންމެވެސް ވަރަކަށް ކުރަހައިދިނެވެ.

މާޒިޔާގެ ކޯޗު ބަލްގޭރިޔާގެ އިވާން ކޮލޭވް ބުނީ ދިވެހިރާއްޖޭގެ ގައުމީ ޓީމު ޕާކިސްތާނާ ދެކޮޅަށް މިދިޔަ މާޗު މަހުގެ 21 ވަނަ ދުވަހު ކުޅުނު މެޗުން ހުރިހާ ފައިދާއެއް ކުރީ އޭނާގެ ޓީމަށް ކަމަށެވެ. އެއީ ތެދެކެވެ. އެ މެޗުގައި ގައުމީ ޓީމުގެ ފުރަތަމަ 11ގައި ކުޅެން ނުކުތީ މުޅިންވެސް މާޒިޔާގެ ކުޅުންތެރިންނެވެ. އަދި ބަދަލުކުރި ތިން ކުޅުންތެރިންގެ ތެރޭގައިވެސް މާޒިޔާގެ ކުޅުންތެރިއަކު ހިމެނުނެވެ.

އަހަރުމެންނަށް ޕްރެކްޓިސް މެޗެއް ނުލިބޭ. ޕާކިސްތާނު މެޗުވީ މާޒިޔާގެ ކުޅުންތެރިންނަށް ލިބުނު ވަރަށް ބޮޑު ފުރުސަތަކަށް. އެޑްވާންޓޭޖަކަށް.
ގައުމީ ޓީމުގެ 12 ކުޅުންތެރިން ހިމެނޭ ޓީމުގެ ކޯޗު ބުންޏެވެ.
ޕާކިސްތާނާ ދެކޮޅަށް ނުކުތް ރާއްޖޭގެ ގައުމީ ޓީމުގެ ފުރަތަމަ 11: މުޅިންވެސް ތިބީ މާޒިޔާ ކުޅުންތެރިން - އެފްއޭއެމް

މި ވާހަކައަށް ތާއީދުކޮށް އީގަލްސްގެ އިހުސާން އަބްދުލްޣަނީ (ސާންތީ)ވެސް ބުނީ، ޕާކިސްތާން މެޗަކީ މާޒިޔާއަށް ސީޒަނަށް ތައްޔާރުވާން ލިބުނު މެޗެއް ކަމަށެވެ.

އަޅުގަނޑުމެންނަށް ލިބުނީ 19 އަހަރުން ދަށުގެ ޓީމާއެކީ ކުޅެލަން. މިތަނުން ކުޅެލާނެ ޓީމެއްވެސް ނުލިބޭ. މާޒިޔާ ސައޫދީގަވެސް ކޭމްޕްކުރި. ވަރުގަދަ މެޗުތަކެއް ކުޅޭނެ. ދެން ޕާކިސްތާން މެޗަކީވެސް އެމީހުންނަށް ލިބުނު މެޗެއް.
ސާންތީ ބުންޏެވެ.

އައު އަހަރުގެ ސީޒަނަށް ތައްޔާރުވާން މިހާތަނަށް ޕްރެކްޓިސް ކުރަމުން އައީ އީގަލްސްއާއި މާޒިޔާއެވެ. ފުރަތަމަ ޑިވިޝަނުގެ އަށް ޓީމުގެ ތެރެއިން ތިންވަނަ ޓީމަކަށް ޕްރެކްޓިސް ފެށީ އަލަށް ކޮލިފައިވި ބުރެވެ. ދެން ޓީމުތައް ތިބީ އެވެ. މިއީ މިއަދު މަންޒަރު ކުރެހިފައިވާ ގޮތެވެ.

- ކޮމެންޓް