ކ. މާލެ
|
2 އޭޕްރިލް 2023 | އާދީއްތަ 07:51
3 ވަނަ ޖަޕާން-މޯލްޑިވްސް ޕޮލިސީ ޑައިލޮގުގެ ތެރެއިން
3 ވަނަ ޖަޕާން-މޯލްޑިވްސް ޕޮލިސީ ޑައިލޮގުގެ ތެރެއިން
ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދް / ޓްވިޓާ
ޖަޕާން-މޯލްޑިވްސް ޕޮލިސީ ޑައިލޮގް
4 ވަނަ ޖަޕާން-މޯލްޑިވްސް ޕޮލިސީ ޑައިލޮގް އަންގާރަ ދުވަހު ބާއްވަނީ
 
ޖަޕާން-މޯލްޑިވްސް ޕޮލިސީ ޑައިލޮގް އެންމެ ފުރަތަމަ ބޭއްވީ 2018 ގައި
 
މި ބައްދަލުވުމުގައިވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ބާއްވާނެ

މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްއާއި ޖަޕާންގެ މިނިސްްޓްރީ އޮފް ފޮރިން އެފެއަރޒް ގުޅިގެން ބާއްވާ "ޖަޕާން-މޯލްޑިވްސް ޕޮލިސީ ޑައިލޮގް" ގެ 4 ވަނަ މަޝްވަރާ ބައްދަލުވުން ބާއްވަން ނިންމައިފިއެވެ.

މި ބައްދަލުވުން ބާއްވަން ނިންމާފައިވަނީ އޭޕްރިލް 4 ވާ އަންގާރަ ދުވަހު ޖަޕާންގެ ޓޯކްޔޯގައެވެ.

މިއަހަރުގެ ބައްދަލުވުމުގައި ރާއްޖޭގޭ ވަފްދުގައި އިސްކޮށް ހުންނަވާނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރސް އަހުމަދު ޚަލީލްއެވެ. އަދި ޖަޕާނު ވަފްދުގައި އިސްކޮށް ހުންނަވާނީ އެގައުމުގެ ފޮރިން މިނިސްޓްރީގެ ސައުތުއީސްޓް އެންޑް ސައުތުވެސްޓް އޭޝިއަން ޑިޕާޓްމެންޓުގެ ޑިރެކްޓަރ ޖެނެރަލް އަރީމާ ޔުކާޓާއެވެ.

މި ޕޮލިސީ ޑައިލޮގުގައި، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ދެގައުމުން މަޝްވަރާކުރާނެއެވެ. މީގެ ތެރޭގައި ތަރައްގީއާއި، އިގްތިސާދާއި، ސަގާފަތާއި، ސަރަހައްދީ ގޮތުން ގުޅިގެން ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރާނެއެވެ. އަދި ދެގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމާ ގުޅޭގޮތުންނާއި، ދެގައުމުގެ ހިއްސާއޮންނަ ކަންކަމާ ގުޅޭގޮތުންވެސް މަޝްވަރާކުރާނެއެވެ.

މި ޕޮލިސީ ޑައިލޮގު އެންމެ ފުރަތަމަ ބާއްވާފައިވަނީ 2018 ގައެވެ. މިހާރު މި ބައްދަލުވުމުގައި ދެގައުމުގެ ގުޅުން ބަދަހިކުރުމަށް މުހިންމު ކަމަކަށް ވަނީ ވެފައެވެ. މީގެ ކުރިން ބޭއްވި ބައްދަލުވުންތަކުގައިވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާއިރު، ވިޔަފާރިއާއި، އިންވެސްޓްމެންޓާއި، ފަތުރުވެރިކަމާއި، މޫސުމީ ބަދަލުތައް ފަދަ މުހިންމު ދާއިރާތައް ފާހަގަކޮށްލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް