މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ)އިން ބާއްވާ "މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ" ބުރާސްފަތި ދުވަހު ފަށާނެ ކަމަށް އެ އޮތޯރިޓީ އިން ހާމަކޮށްފިއެވެ.
ޖުލައި މަހުގެ 6 އިން 8 އަށް ދަރުބާރުގޭގައި ކުރިއަށްދާ އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ އެސޯސިއޭޓް ޕާޓްނަރެއްގެ ގޮތުން ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ގުޅިގެން "ހައުސިން އެންޑް ފައިނޭންސް" ތީމުގެ ދަށުންނެވެ.
މާލީ އިދާރާތްތަކުން އެބޭފުޅުންނަށް ގެދޮރު ގަތުމަށާއި އަމިއްލަ ފަރާތްތަކުން ބިންތައް އިމާރާތްކުރުމަށް ހުރި ފުރުސަތުތަކާއި މާލީ އިދާރާތްތަކުން އެކަމަށް ހުރި ފުރުސަތުތަކާ ބެހޭ މައުލޫމާތު މި އެކްސްޕޯއިން ލިބިގެންދާނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.
މި އެކްސްޕޯގައި 30 އަށް ވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވާނެކަމަށް އެމްއެމްއޭއިން ބުނެއެވެ. އޭގެ ތެރޭގައި އެޗްޑީސީގެ އިތުރުން ރާއްޖޭގެ ހުރި ހުރިހާ ބޭންކްތަކާއި އިންޝުއަރެންސް ކުންފުނިތަކާއި ރިއަލް އެސްޓޭޓް ޑިވެލޮޕާސް އާއި ކޮންޓްރެކްޓަރުންނާއި އާކިޓެކްޓުންގެ އިތުރުން އިންޓީރިއާ ޑިޒައިނަރުން ބައިވެރިވާނެ އެވެ.
އަދި އެޗްޑީސީން "ބިލްޑިންގްގެ ސްމާޓް ސިޓިޒަންގެ ކެންޕެއިނެއް" މިއަހަރުގައި ރޭވިފައި އެބައޮތް ކަމަށާއި އެ ކެމްޕައިން ލޯންޗު ކުރުން "ހައުސިން އެންޑް ފައިނޭންސް އެކްސްޕޯ" ގައި އޮންނާނެއެވެ.
މީގެ އިތުރުން ހައުސިން ސްކީމްތަކާބެހޭ މައުލޫމާތު ފޯރުކޯށްދިނުމާއި މާލީ އިދާރާތްތަކުން އެބޭފުޅުންނަށް ގެދޮރު ގަތުމަށާއި އަމިއްލަ ފަރާތްތަކުން ބިންތައް އިމާރާތްކުރުމަށް ހުރި ފުރުސަތުތަކާއި މާލީ އިދާރާތްތަކުން އެކަމަށް ހުރި ފުރުސަތުތަކާއި ބެހޭ މައުލޫމާތު މި އެކްސްޕޯއިން ލިބިގެންދާނެއެވެ.
އަދި އެކްސްޕޯގައި އިގްތިސާދާއި މާލީ ކަންކަމާއި ބެހޭގޮތުން މައުލޫމާތު ދިނުމަށާއި ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އާންމުންނަށް ހުޅުވާލެވިގެން ތަފާތު ސެމިނާތަކެއް ކުރިއަށް ދާނެއެވެ.
އާންމުންގެ މެދުގައި މާލީ އަދި އިގްތިސާދީ ކަންކަމާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމާއި އާންމުންނާއި މާލީ އިދާރާތަކުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަގުފަހި ކުރުމަށް ބާއްވާ އެކްެސްޕޯ ބާއްވަނީ ޖުލައި މަހުގެ 6 އިން 8 ގައި ހެނދުނު 9:00 އިން ހަވީރު 6:00 އަށެވެ. އަދި ރޭގަނޑު 8:00 އިން 11:00 އަށެވެ. ހުކުރު ދުވަހުގައި އެކްސްޕޯ ހުޅުވާނީ މެންދުރުފަހު 2:00 އިން ރޭގަނޑު 11:00 އަށެވެ.