ކ. މާލެ
|
1 އޭޕްރިލް 2023 | ހޮނިހިރު 07:21
ޓުޗެލް ބަޔާންގައި
ޓުޗެލް ބަޔާންގައި
ރޮއިޓާރސް
ޗެލްސީއާމެދު ޓުޗެލް
ޗެލްސީން ވަކިކުރުމަކީ ޝޮކެއް، އަދިވެސް އެ ހިތްދަތިކަން ނުފިލާ- ޓުޗެލް
ޓުޗެލްއަކީ މިހާރު ބަޔާން މިއުނިކްގެ ކޯޗު

ޗެލްސީގެ ކޯޗުކަމުން ވަކިކުރުމަކީ "ޝޮކެއް" ކަމަށާއި, އަދިވެސް އެހިތްދަތިކަން ނުފިލާކަމަށް އެކްލަބްގެ ކުރީގެ ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ.

މިހަފުތާގައި ބަޔާން މިއުނިކާ ހަވާލުވި ކޯޗު ބުނީ، އެނިންމުމަކީ ކުއްލިއަކަށް އައި އަވަސް ނިންމުމެއްކަމަށެވެ. އަދި އެކަން ވީ ވަރަށް ބޮޑު ޝޮކަކަށްކަމަށާއި, ހަގީގަތުގައި އެ ހިތްދަތިކަން އަދިވެސް އެބައޮތްކަމަށެވެ. ޓުޗެލް ވަކިކުރީ ޗެމްޕިއަންސް ލީގުގައި ކްރޮއޭޝިޔާގެ ޑައިނަމޯ ޒަގްރެބް އަތުން 1-0ން ބަލިވި މެޗަށްފަހުއެވެ. އޭގެކުރިން އޭނާ ވަނީ ޗެލްސީއަށް ޗެމްޕިއަންސްލީގު ހޯދައިދީފައެވެ. އޭނާ ބުނީ ވަކިކުރީ ރަނގަޅު މިސްރާބަށް ދަނިކޮށް ކަމަށް ގަބޫލުކުރާކަމަށެވެ. ޗެލްސީއާއެކު ދިގު މުއްދަތަށް މަޑުކޮށް, ގިނަ ކާމިޔާބީތަކެއް ހޯދަން އުއްމީދުކޮށްގެން ހުރިކަމަށް ޓުޗެލް ބުންޏެވެ. ޓުޗެލްވަނީ ޗެލްސީއަށް ޗެމްޕިއަންސް ލީގު ހޯދައިދީ އެންމެ މޮޅު ކޯޗުގެ އެވޯޑްވެސް އުފުލާލާފައެވެ.

ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކާ ޓުޗެލް ހަވާލުވެ ހޮނިހިރު ދުވަހު ފުރަތަމަ ނިކުންނަން ޖެހެނީ އޭނާ ކުރިން އިރުޝާދު ދިން ބޮރޫޝިޔާ ޑޯޓްމަންޑާ ދެކޮޅަށެވެ. އެއީ ލީގަށް ވާދަކުރާ ޓީމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް