Advertisement
ކ. މާލެ
|
28 މާރޗް 2023 | އަންގާރަ 07:04
މިފްކޯގެ ފެލިވަރު މަސް
މިފްކޯގެ ފެލިވަރު މަސް
ރާއްޖެއެމްވީ
މިފްކޯ
މިފްކޯއިން ވިސްލް ބްލޯ ކުރުމަށް ހަރުދަނާ ނިޒާމެއް!
ވަނަވަރު ހާމަނުކޮށް މައްސަލަ ހުށަހެޅޭނެ

މިފްކޯއިން އެ ކުންފުނީގެ ހިންގުމުގެ ނިޒާމު ހަރަދާ ކުރުމުގެ މަގުސަދުގައި ރައްކާތެރިކަމާއެކު ވިސިލް ބްލޯ ކުރެވޭނެ ނިޒާމެއް ގާއިމްކޮށްފިއެވެ.

އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މި ނިޒާމާއެކު އާއްމުންގެ އިތުރުން މިފްކޯގެ މުވައްޒަފުންނަށް ވެސް ރައްކާތެރިކަމާއެކު މައްސަލަ ހުށަހެޅޭނެއެވެ. އެގޮތުން، މި ނިޒާމުގެ މަގުސަދަކީ ކުންފުނީގެ މުދަލާއި ފައިސާ އަދި އެހެނިހެން ވަސީލަތްތައް ބަލަހައްޓައި ބޭނުންކުރުމުގަޔާއި ކުންފުނި ހިންގުމުގައި ގެއްލުންވާނެ ގޮތަށް އުސޫލުތަކާ ހިލާފަށް ކުންފުނީގެ އެތެރޭގައި ހިނގާ ކަންކަން މިފްކޯގެ އިންޓާނަލް އޮޑިޓާއި ބޯޑަށް އެންގުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުން ކަމަށް ވެސް މިފްކޯއިން ވަނީ ބުނެފައެވެ.

އެ ކުންފުނިން ބުނީ މި ނިޒާމުގެ ތެރެއިން ރިޕޯޓް ކުރެވޭ ހުރިހާ މައްސަލަތަކެއް ރިޕޯޓް ކުރެވޭނީ، އެ ކުންފުނީގެ މެނޭޖްމެންޓުގެ ބޭރުން އިންޓަރނަލް އޮޑިޓް ޑިޕާޓްމެންޓަށް ކަމަށެވެ. އެގޮތުން ހުށަހެޅޭ މައްސަލަތައް އެކުންފުނީގެ އިންޓަރނަލް އޮޑިޓް ޑިޕާޓްމެންޓުގެ ދަށުން ކުންފުނީގެ ބޯޑުގެ އޮޑިޓް ކޮމެޓީއަށް ރިޕޯޓް ކުރެވޭނެ ކަމަށް ވެސް ބުންޏެވެ.

Advertisement

މިފްކޯއިން ގާއިމުކޮށްފައިވާ މި ނިޒާމުގެ ދަށުން މައްސަލައެއް ރިޕޯޓްކުރާ ފަރާތުގެ ވަނަވަރު ނޭނގޭ ގޮތަށް ރިޕޯޓް ކުރެވޭނެއެވެ. ނަމަވެސް މައްސަލަ ހުށަހަޅާއިރު ވީހާވެސް ތަފްސީލުކޮށް، ހެކިތަކާއެކު އެ މައްސަލައެއް ހުށަހެޅުމަށް އެ ކުންފުނިން އެދެއެވެ. މި މައްސަލަތައް ހުށަހަޅަން ޖެހޭނީ މިފްކޯގެ ވެބްސައިޓުގައި އެކަމަށް ހާއްސަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށެވެ.

މީގެ އިތުރުން ވިސްލް ބްލޯވާ ހޮޓްލައިން 7212141 އަށް ފޯނު، ވައިބާ ނުވަތަ ވަޓްސްއެޕް މެދުވެރިކޮށް ވެސް މައްސަލަތައް ހުށަހެޅޭނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް