ކ. މާލެ
|
27 މާރޗް 2023 | ހޯމަ 22:42
ކޯސްޓްގާޑުގެ އުޅަނދެއް
ކޯސްޓްގާޑުގެ އުޅަނދެއް
އެމްއެންޑީއެފް
އެމްއެންޑީއެފުން ކުރިޔަށްގެންދާ އަސްކަރީ ތަމްރީން
އެމް.އެން.ޑީ.އެފްއިން ގަމުގައި އަސްކަރީ ތަމްރީން ކުރިޔަށްގެންދާތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
އޭޕްރީލް 1ން 4ށް، ކޮންމެ ދުވަހެއްގެ 06:00ން 18:00ށް, ސ. ގަމުގައި އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވޭ

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް (އެމް.އެން.ޑީ.އެފް)އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް، އޭޕްރީލް 1ން 4ށް ކޮންމެ ދުވަހެއްގެ 06:00ން 18:00ށް, ސ. ގަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ބުނެފިއެވެ.

އެމިނިސްޓްރީން ބުނީ އެކަން ޑިފެންސް މިނިސްޓްރީން ޓްރާންސްޕޯޓް މިނިސްޓްރީއަށް އަންގާފައިވާކަމަށެވެ. މި ތަމްރީނުތަކުގައި ވައިގެ ސަރަހައްދު ބޭނުންކުރުމަށް ހަމަޖެހިފައިވާކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތުގެ ތަފްސީލް:

ބޭނުންކުރާ ހަތިޔާރު/ ޕައިރޯޓެކްނިކްސް :           އޭ.ކޭ47، އެމް203، އާރު.ޕީ.ޖީ، 84 އެމްއެމް ކާލް ގުސްޓާވް

ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ދުރުމިން:      4600 މީޓަރު

ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން:     200 މީޓަރ

ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން:      ސީ.ލެވެލް

ވައިގެ ސަރަހައްދު ބޭނުންކުރާނެ ޑައިރެކްޝަން:       ސ. ގަން ޓްރޭނިންގ ސެންޓަރުގެ ރޭންޖުން ހުޅަނގު ދެކުނު     

އެހެންކަމުން މި ސަރަހައްދުން ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދީގެން ދަތުރުފަތުރުގެ ކަންކަން ކުރިއަށްގެންދިޔުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް