އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ އައްޑޫ ސިޓީގެ ހިތަދޫ ބޮޑުމަގުގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ އެމްބިއުލާންސް ގޮސް ސައިކަލުގައި ޖެހިގެންނެވެ. އަދި ސައިކަލުގައި އިން މީހާ އެމްބިއުލާންސްގެ ދަށުވި ކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ.
ފޮޓޯތަކުން ފެންނަ ގޮތުގައި އެމްބިއުލާންސްގެ ކުރީކޮޅަށް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ.
މިހާރު އެ މީހާއަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.
މި އެކްސިޑެންޓާއި ގުޅޭގޮތުން ފުލުހުންގެ ބަހެއް ވަނީ އަދި ލިބޭގޮތް ނުވެފައެވެ.