Advertisement
ކ. މާލެ
|
23 މާރޗް 2023 | ބުރާސްފަތި 09:58
އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް
އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް
އެމްޑީޕީ
ގުރައިދޫ ދާއިރާ
މިއީ ގުރައިދޫ ދާއިރާގެ ރައްޔިތުންނަށް ލިބޭ ރަނުގެ ފުރުސަތެއް: އަސްލަމް
ޝާޒްއަކީ ގުރައިދޫ ޑާއިރާ ތަމްސީލުކުރަން ރަނގަޅު ކެންޑިޑޭޓެއް

ގުރައިދޫ ދާއިރާގެ ކަންކަން ހަލުވިކަމާއެކު ކުރިއަށްގެންދިއުމަށް ދާއިރާގެ ރައްޔިތުންނަށް ލިބޭ މިއީ ރަނުގެ ފުރުސަތެއް ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވީ ކ. ގުޅީގައި، ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕޭން އެމްޑީޕީން ރަސްމީކޮށް ފެށުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އަސްލަމް ވިދާޅުވީ ގާނޫނު އަސާސީން އެންމެ ބޮޑަށް ބާރުވެރިކުރުވާފައިވާ މުއައްސަސާއަކީ ރައްޔިތުންގެ މަޖިލިސް ކަމަށާއި. މަޖިލީހުގެ މެންބަރުންނަކީ އެމީހުންނަށް ލިބިފައިވާ އިއްޒަތުގެ ބޭނުން ފުރިހަމަގޮތުގައި ހިފައި އިއްޒަތް ދަމަހައްޓާ ބަޔަކަށް ވާންޖެހޭ ކަމަށެވެ. ދާއިރާގެ ރައްޔިތުން ދާއިރާގެ ކަންކަމުގައި އެންމެ ގިނައިން މުއާމަލާތް ކުރާނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ކަމަށާއި، އެހެންކަމުން ދާއިރާ ތަމްސީލުކުރާ މެންބަރުން މަޖިލީހުގައި ތިބުމަކީ އެ ދާއިރާގެ ރައްޔިތުންނަށްވެސް ކަންކަމުގައި ބަސް ބުނުމުގެ ޖާގަ ލިބިގެންދާ ކަމެއް ކަމަށް އަސްލަމް ވިދާޅުވިއެވެ.

Advertisement

ކުރިއަށް އޮތް ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓް އިބްރާހީމް ޝާޒްއަށް ނިސްބަތްކުރައްވައި އަސްލަމް ވިދާޅުވީ އެއީ މިދާއިރާ ތަމްސީލުކުރަން ރަނގަޅު ކެންޑިޑޭޓެއް ކަމަށެވެ. އަދި މިއީ ގުރައިދޫ ދާއިރާގެ ކަންކަން ހަލުވިކަމާއެކު ކުރިއަށްގެންދިއުމަށް ދާއިރާގެ ރައްޔިތުންނަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ތަރައްގީގެ މިންގަނޑުތަކުން ބަލާއިރު ގުޅިއަކީވެސް މީގެ ކުރިން އެއްވެސް މަސައްކަތެއް ކުރިއަށް ނުގޮސް އޮތް ރަށެއް ކަމަށެވެ. އަހަރުތަަކަކަށް ދެމިގެންގޮސްފައިވާ ތަރައްގީގެ މަސައްކަތްތައް ނިމިގެންދަނީ މި ސަރުކާރުގައި ކަމަށާއި، ސާފު ފެނާއި ނަރުދަމާ ރައްޔިތުންނަށް ފޯރުކޮށްދެވިފައިމިވަނީ އަދި ކިރިޔާ ކަމަށް އަސްލަމް ވިދާޅުވިއެވެ. ރައީސް ޞާލިހަކީ ތަރައްގީ ގެނައުމުގައި ކުޑަ ރަށެއް، ބޮޑު ރަށެއް ބައްލަވާ ބޭފުޅެއް ނޫން ކަމަށް އަސްލަމް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް