ކ. މާލެ
|
23 މާރޗް 2023 | ބުރާސްފަތި 09:16
މޫލީ މެދުވެރިކޮށް މާންދޫގެ މަސްދަޅު ގަތުމުގެ ފުރުސަތު
މޫލީ މެދުވެރިކޮށް މާންދޫގެ މަސްދަޅު ގަތުމުގެ ފުރުސަތު
އުރީދޫ
މާންދޫ މަސްދަޅު
ރަމަޟާން މަހާ ގުޅިގެން މޫލީއިން މާންދޫ މަސްދަޅު ހިމެނޭ ރޯދަ ހަދިޔާ ޕެކް، ރާއްޖޭގެ ކޮންމެހިސާބަކަށްވެސް ޑެލިވެރީ މުޅިން ހިލޭ!
 
މި ހަދިޔާ ޕެކްތައް ކޮންމެތާކު ކޮންމެވަގުތެއްގައި ވެސް ގަނެވޭނެ

އީކޮމާސް ޕްލެޓްފޯމް މޫލީ އާއި ހޮރައިޒަން ފިޝަރީޒް ގުޅިގެން، މާންދޫ މަސްގެ އުފެއްދުންތައް ހިމެނޭ ބަންޑަލްޑް ހަދިޔާ ޕެކްތަކެއް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު މޫލީ ޕްލެޓްފޯމުން ލިބޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

މި ޕްރޮމޯޝަނަކީ ރަމަޟާން މަހު އާއްމުކޮށް ބޭނުންވާ ގިނަ އަދަދެއްގެ ޒަރޫރީ ތަކެތި ލިބޭ މޫލީ ރޯދަ ބާޒާރު ޕްރޮމޯޝަންގެ ދަށުން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ. މޫލީ މެދުވެރިކޮށް ކޮންމެތާކު ހުރެގެންވެސް ކަސްޓަމަރުންނަށް މާންދޫގެ ރަހަމީރު މަސްދަޅުތައް ހިމެނޭ މި ހަދިޔާ ޕެކްތައް ކޮންމެތާކު ކޮންމެވަގުތެއްގައިވެސް ގަނެ ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ޑެލިވަރ ކޮށްލެވޭނެއެވެ.  

ތަފާތު ހަތަރު ހަދިޔާ ޕެކް މޫލީއިން ގަންނަން ލިބޭއިރު، މި ހަދިޔާ ޕެކްތަކުގެ އަގުތައްހުރީ 145 ރުފިޔާއާއި 160 ރުފިޔާއާ ދެމެދުގައެވެ.

ރޯދަ ހަދިޔާ ޕެކް 1 ގައި ހަބަނޭރޯގައި ހަދާފައިވާ 3 ދަޅު، ހިކި މިރުހުގައި ކަނޑުމަސް ހަދާފައިވާ 2 ދަޅު، ކަނޑުމަސް ސަންފްލާވާ އޮއިލް (އެސްއެފްއޯ) އަދި ކަނޑުމަސް ބްރައިންގައި ހަދާފައިވާ 1 ދަޅުގެ އިތުރުން މަސްހުނި އެކްސްޓްރާ އޮއިލް، މަސްހުނި ނޯމަލް އަދި މަސްހުނި ޒީރޯ ޗިލީގެ ދަޅު ހިމަނާފައިވެއެވެ. މި ޕެކުގެ އަގަކީ 150 ރުފިޔާ އަށެވެ.

ރޯދަ ހަދިޔާ ޕެކް 2 160 ރުފިޔާއަށް ލިބޭއިރު، މި ޕެކްގައި ހިމެނެނީ އޮލިވް އޮއިލްގައި ހަދާފައިވާ ކަޅު ބިލަ މަސް، ސަންފްލާވާ އޮއިލް އަދި ސަންޑްރައިޑް ޓޮމާޓޯގައި ހަދައިފައިވާ ކަނޑުމަސް، ސަންފްލާވާ އޮއިލް، ލެމަން އެންޑް ޕެޕާގައި ހަދާފައިވާ ކަނޑުމަސް، ސަންފްލާވާ އޮއިލް، ލެމަން އަދި ތައިމްގައި ހަދައިފައިވާ ކަނޑުމަހުގެ އިތުރުން ލޮނުމެދާއި ހާބް އަދި ސަންފްލާވާ އޮއިލްގައި ހަދާފައިވާ ކަނޑުމަސް ދަޅު ހިމެނެއެވެ. މި ޕެކްގައި މީން ކޮންމެ ވައްތަރަކުން 2 ދަޅު ހިމެނެއެވެ.

ރޯދަ ހަދިޔާ ޕެކް 3 ގެ އަގަކީ 145 ރުފިޔާއެވެ. މި ޕެކްގައި މަސްހުނި އެކްސްޓްރާ ޗިލީ، މަސްހުނި، މަސްހުނި ޒީރޯ ޗިލީ، ހަބަނޭރޯގައި ހަދާފައިވާ ކަނޑުމަސް ދަޅުގެ އިތުރުން ސަންފްލާވާ އޮއިލްގައި ހަދައިފައިވާ ކަނޑުމަސް ދަޅު ހިމެނެއެވެ. މިއިން ކޮންމެ ވައްތަރަކުން 2 ދަޅު މި ޕެކްގައި ހިމެނޭއިރު، ރޯދަ ހަދިޔާ ޕެކް 4 ގައި ހަދިޔާ ޕެކް 1 2 އަދި 3 ގައި ހިމެނޭ ހުރިހާ ރަހައެއްގެ ކޮންމެ ވައްތަރަކުން 1 ދަޅު ހިމެނެއެވެ. ރޯދަ ހަދިޔާ ޕެކް 4 ގެ އަގަކީ 150 ރުފިޔާއެވެ.

ރޯދަ ހަދިޔާ ޕެކް ގަތުމަށް ކަސްޓަމަރުން އޯޑަރު ދިނުމާއި މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީގެ ކޮށްދޭނެއެވެ. އުރީދޫ އެޕް އަދި ވެބްސައިޓް މެދުވެރިކޮށް ރަމަޟާން މަހަށް ބޭނުންވާ ތަކެތި ގަތުމަށް ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށް ވެސް މޫލީ އިން މަރުހަބާ ކިޔައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް