ކ. މާލެ
|
22 މާރޗް 2023 | ބުދަ 10:49
ސެވިއްޔާގެ ކޯޗަކަށް ހުރި ސަމްޕައޯލީ
ސެވިއްޔާގެ ކޯޗަކަށް ހުރި ސަމްޕައޯލީ
ޓްވީޓަރ
ސެވިއްޔާ
ރެލިގޭޝަން ޒޯންގެ ބިރު ބޮޑުވެފައި އޮތް ސެވިއްޔާގެ ކޯޗު ކަމުން ސަމްޕައޯލީ ވަކިކޮށްފި
އެ ކުލަބުން ބުނީ، މިހާރު މަސައްކަތް ކުރަމުން އަންނަނީ އައު ކޯޗެއް ހޯދުމަށް ކަމަށް

ރެލިގޭޝަން ޒޯންގެ ބިރު ބޮޑުވެފައި އޮތް ސެވިއްޔާގެ ކޯޗު ކަމުން ޖޯޖް ސަމްޕައޯލީ ވަކިކޮށްފި އެވެ.

ސެޕެނިޝް ލީގުގައި މި ސީޒަންގައި ސެވިއްޔާ ފަރާތުން ފެންނަނީ ދަށް ކުޅުމެކެވެ. މިހާތަނަށް ކުޅުނު 26 މެޗުން 28 ޕޮއިންޓާ އެކު އެ ޓީމު އޮތީ 14 ވަނައިގަ އެވެ. މިވަގުތު ސްޕެނިޝް ލީގުގެ ރެލިގޭޝަން ޒޯންގައި އޮތީ ވެލެންސިއާ، އަލްމޭރިއާ އަދި އެލްޗޭ އެވެ. ވެލެންސިއާ އަދި އަލްމޭރިއާ އަށް ލިބެނީ 26 ޕޮއިންޓެވެ. ލީގުގައި އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން ސެވިއްޔާ ވަނީ ހަތަރު މެޗުން ބަލިވެފަ އެވެ. އޭގެ ތެރޭގައި އެތުލެޓިކޯ މެޑްރިޑު އަތުން 6-1 އިން ވީ ބޮޑު ބަލި ވެސް ހިމެނެ އެވެ. ސެވިއްޔާ މިވަގުތު އޮތީ ޔުއެފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލްގަ އެވެ. ކުއާޓާ ފައިނަލްގައި އެ ޓީމު ނުކުންނާނީ މިހާރު ފޯމެއްގައި އޮތް މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށެވެ. މީގެ ކުރިން 2016-2017 ވަނަ ސީޒަންގައި ވެސް އޭނާ ވަނީ ސެވިއްޔާ އަށް ކޯޗުކަން ކޮށްދީފަ އެވެ. އޭގެ ފަހުން 2017 އިން 2018 އަށް ވަނީ އާޖެންޓީނާގެ ޤައުމީ ޓީމަށް ވެސް ކޯޗުކަން ކޮށްދީފަ އެވެ.

ސެވިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނީ، ގެޓާފޭ އަތުން ލިބުނު ބައްޔާއެކު ޓީމަށް މިހާރު ރެލިގޭޝަން ޒޯންގެ ބިރު ބޮޑުވެފައި އޮތް ކަމަށާއި، ޓީމުގެ ކޯޗުކަމުން ސަމްޕައޯލީ ވަކިކުރަން ނިންމާފައިވާ ކަމަށެވެ. އެ ކުލަބުން ބުނީ، މިހާރު މަސައްކަތް ކުރަމުން އަންނަނީ އައު ކޯޗެއް ހޯދުމަށް ކަމަށެވެ.

ސެވިއްޔާ އަކީ ޔޫރޮޕާ ލީގު އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވާ ޓީމެވެ. ހަ ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ ސެވިއްޔާ އިން މުބާރާތުގެ ކުއާޓާ ފައިނަލްގައި ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނީ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު އެވެ.

- ކޮމެންޓް