ކ. މާލެ
|
20 މާރޗް 2023 | ހޯމަ 17:17
ގުޅި ބިން ހިއްކުމުގެ މަސައްކަތް ހަވާލުކުރުން
ގުޅި ބިން ހިއްކުމުގެ މަސައްކަތް ހަވާލުކުރުން
ޕްލޭނިންގ މިނިސްޓްރީ
ގުޅީ ބިންހިއްކުން
ކ. ގުޅީގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
 
މި މަޝްރޫއު 450 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ
 
މިއީ 89 މިލިއަން ރުފިޔާގެ މަޝްރޫއެއް

ކ. ގުޅީ ބިންހިއްކުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

މި ކޮންޓްރެކްޓްގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮންޕެނީ (އެމްޓީސީސީ)ގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ.

މި މަޝްރޫއުގެ ދަށުން ކ. ގުޅީގައި 10 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ. އަދި ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 940 މީޓަރގެ ބޮޑުހިލައިގެ ރިވެޓްމަންޓާއި، 362 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓާއި އަދި 88 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖެހުމަސް ހަމަޖެހިފައިވެއެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 89،634،790.08 (އަށްޑިހަ ނުވަމިލިއަން ހަލައްކަ ތިރީސް ހަތަރުހާސް ހަތްސަތޭކަ ނުވަދިހަ ރުފިޔާ އަށް ލާރި) އަށެވެ. މި މަސައްކަތް 450 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
100%
0%
0%
0%
ކޮމެންޓް