ކ. މާލެ
|
19 މާރޗް 2023 | އާދީއްތަ 17:49
ހިޔާ ފްލެޓްގެ ކުލި ކުޑަކުރުމާއި ގުޅޭގޮތުން ބޭއްވި ބައްދަލުވުމުގެ ތެރެއިން
ހިޔާ ފްލެޓްގެ ކުލި ކުޑަކުރުމާއި ގުޅޭގޮތުން ބޭއްވި ބައްދަލުވުމުގެ ތެރެއިން
ރައީސް އޮފީސް
ހިޔާ ފްލެޓްތަކުގެ ކުލި
ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި
 
ހިޔާ ފްލެޓްގެ ކުލި ކުޑަކުރުމާ ގުޅޭގޮތުން ރައީސް ތިން ޚިޔާލުފުޅެއް ދެއްވި

ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރުމާއި ގުޅޭގޮތުން ހިޔާ ރައްޔިތުންގެ ގުޅުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ އާދިއްތަ ދުވަހުގެ ހަވީރު ރައީސް އޮފީހުގައެވެ. މި ބައްދަލުވުމުގައި ރައީސްގެ އިތުރުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދާ އެހެން ބައެއް އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ހިޔާ ރައްޔިތުންގެ ގުޅުމުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ އަހްމަދު އުބެއިދު، އަލީ ރިފާއު، އަހްމަދު ޝަމާލް، އިސްމާއިލް މީރާން، މައުމޫން އަލީ، އާމިނަތު ޒުހުދާ، އާމިނަތު ޝަބާއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އަލީ ރިފާއު ވިދާޅުވީ ހިޔާ ޓަވަރުގެ ކުލި ތަފާތުކަމެއް ނެތި ރައްޔިތުންނަށް ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. އެގޮތުން ރައީސް އަށް ތިން ޚިޔާލުފުޅެއް ހުށަހެޅުއްވި ކަމަށެވެ. އެއީ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުން އެކި ބޭންކުތަކުން ނަގާފައިވާ ލޯންތައް ހުރުމުން 5 އަހަރު ދުވަހަށް ކުލި ކުޑަކުރުމަށް ނުވަތަ އެ ލޯނު ދައްކާ ނިމިގެންދެން ކުލި ކުޑަކުރުމަށާއި ކުލި ދެއްކުމަށް ދަތިވެފައިވާ މީހުން ދެނެގަނެ، ސަބްސިޑީ ދިނުމަށް ނުވަތަ ސަރުކާރުން ހިޔާ މަޝްރޫއު ތަރައްޤީ ކުރުމަށް 25 އަހަރުން ދައްކަމުންދާ ޚަލާސް ކުރާގޮތަށް ނަގާފައިވާ ލޯނު 30 އަހަރު ދައްކާގޮތަށް ހަމަޖެއްސުމަށްފަހު ހިޔާ ފްލެޓެއްގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ކުލި ކުޑަކޮށްދިނުމަށް ރައީސް ޚިޔާލު އެރުވި ކަމަށެވެ.

ސަރުކާރުން ހިޔާ މަޝްރޫއު ތަރައްޤީ ކުރުމަށް 25 އަހަރުން ދައްކާ ޚަލާސް ކުރާގޮތަށް ނަގާފައިވާ ލޯނު 30 އަހަރުން ދައްކާގޮތަށް ހަމަޖެއްސުމަށްފަހު ހިޔާ ފްލެޓެއްގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ކުލި ކުޑަކޮށްދިނުމަށް ހުށަހެޅުއްވި ހުށަހެޅުން ރަނގަޅުކަމަށް ރައީސްގެ އަރިހުގައި ދެންނެވިކަމަށް ރިފާއު ވިދާޅުވިއެވެ.

އެގޮތަށް ނިންމެވީ އޭރު ކުލި ދައްކާ މީހުންގެ ނިސްބަތް ޖުމްލަކޮށް އިތުރުވާނެކަމަށް ލަފާ ކުރެވޭތީ ކަމަށް ވެސް ރިފާއު ވިދާޅުވިއެވެ. ރިފާއު އިތުރަށް ވިދާޅުވީ ކޮމެޓީ ބައްދަލުވުމުގައި ގޮތެއް ނިންމުމުގެ ކުރިން، ހިޔާ ރައްޔިތުންގެ ގުޅުމާއި މަޝްވަރާ ކުރުމަށްފަހު ކުލި ކުޑަކުރެއްވުމާއި ގުޅޭގޮތުން ގޮތެއް ނިންމަވާނެ ކަމަށް ރައީސް ވިދާޅުވިކަމަށެވެ.

މީގެއިތުރުން ވިނަރެސް ފްލެޓް ލިބުނު ފަރާތްތަކަށް ޑައުންޕޭމަންޓް ބަހާލައިގެން ދެއްކޭނެ ގޮތަށް އިންތިޒާމު ހަމަޖެއްސުމާއި ހިޔާ ސަރަހައްދުގައި ބަހުގެ ދަތިކަމާއި ގުޅޭގޮތުން ވެސް މަޝްވަރާތައް ކުރިއަށްދިޔަ ކަމަށް ރިފާއު ވިދާޅުވިއެވެ. އަދި ފެނުން ސަބްސިޑީ ދެއްވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށް ރިފާއު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
44%
0%
11%
0%
22%
22%
ކޮމެންޓް