Advertisement
ކ. މާލެ
|
18 މާރޗް 2023 | ހޮނިހިރު 21:13
ދިއްދޫ ބައި އިލެކްޝަންގެ ވޯޓުލުމުގެ ތެރެއިން
ދިއްދޫ ބައި އިލެކްޝަންގެ ވޯޓުލުމުގެ ތެރެއިން
އިލެކްޝަންސް ކޮމިޝަން
ދިއްދޫ ކައުންސީލްގެ ރައީސް
އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ
އައްޝާން އިންތިހާބު ކާމިޔާބުކޮށްފައިވަނީ 64 ވޯޓުން

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެއެވެ.

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިފައިވަނީ، އެ ރަށުގެ ކައުންސިލް ރައީސް ހޮވުމަށް ހޮނިހިރު ދުވަހު ބޭއްވި ބައި-އިލެކްޝަނުން ކާމިޔާު ހޯދައިގެންނެވެ.

Advertisement

އދ. ދިއްދޫ ކައުންސިލްގެ ރައީސް އިންތިހާބު ކުރުމަށް ބޭއްވި ބައި-އިލެކްޝަންގެ ވަގުތީ ނަތީޖާ ދައްކާގޮތުން، އައްޝާން އިންތިހާބު ކާމިޔާބުކޮށްފައިވަނީ 64 ވޯޓުންނެވެ. އޭނާއާއި ވާދަކުރި އަހުމަދު ޒާލިފް އަށް ލިބިވަޑައިގެންނެވީ 47 ވޯޓެވެ. ދެ ބޭފުޅުންވެސް ކުރިމަތިލެއްވީ އަމިއްލަ ގޮތުންނެވެ.

މި ބައި-އިލެކްޝަންގައި 148 މީހަކަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވެއެވެ. އަދި އޭގެ ތެރެއިން 112 މީހަކު ވޯޓުލާފައިވެއެވެ. ސައްހަ ވޯޓުގެ އަދަދަކީ 111އެވެ. ބާތިލް 1 ވޯޓު ހިމެނެއެވެ. މި އިންތިހާބުގައި 75.68 އިންސައްތަ މީހުން ވަނީ ވޯޓުލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް