ކ. މާލެ
|
18 މާރޗް 2023 | ހޮނިހިރު 12:21
ހިޔާ ފްލެޓް ސަރަހައްދުގައި ބައެއް ފަރާތްތަކުން އަންނަނީ މޭޒު ބަހައްޓައިގެން ކާބޯތަކެތި ވިއްކަމުން
ހިޔާ ފްލެޓް ސަރަހައްދުގައި ބައެއް ފަރާތްތަކުން އަންނަނީ މޭޒު ބަހައްޓައިގެން ކާބޯތަކެތި ވިއްކަމުން
ރާއްޖެއެމްވީ
އެޗްޑީސީ
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވަގުތީ މާރުކޭޓުގެ ގޮޅިތައް ލިބޭ ފަރާތްތައް ހޮވައިފި
 
އެޗްޑީސީން މި ގޮޅިތައް ދޫކުރަން ހަމަޖެހިފައިވަނީ ދެ މަސް ދުވަހަށް
 
10 މީހަކު ވަނީ ގުރުއަތުން ހޮވާފައި

ރޯދަ މަހަށް ހާއްސަކޮށްގެން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުޅުވާ ވަގުތީ މާރުކޭޓުން ގޮޅިތައް ލިބޭ ފަރާތްތައް ހޮވައިފިއެވެ.

އެޗްޑީސީން މި މާރުކޭޓުގެ ގޮޅި ލިބުނު ފަރާތްތައް ހޮވުމަށް ގުރުއަތު ނެގުން ބާއްވާފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. އެގޮތުން، 10 ފަރާތެއް ވަނީ ހޮވާފައެވެ. އަދި ފަސް މީހަކު ވަނީ ވެއިޓް ލިސްޓުގައި ހިމަނާފައެވެ.

ވަގުތީ މާރުކޭޓުގެ ގޮޅިތަކަށް އެދި ހުޅުވާލި ފުރުސަތުގައި 21 މީހަކު ފޯމު ހުށަހެޅިކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން މި ގޮޅިތައް ދޫކުރަން ހަމަޖެހިފައިވަނީ ދެ މަސް ދުވަހަށެވެ. އެގޮތުން ދެ މަސްދުވަހަށް 5،000 ރުފިޔާ، ކުލީގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

ރޯދަ މަހު މާރުކޭޓުގެ ހިދުމަތްތަކަށް އޮންނަ ޑިމާންޑު އިތުރުކަން ފާހަގަކޮށް އެޗްޑީސީން ބުނީ، އެ ކުންފުނިން ރައްޔިތުންނަށް ލުއި ގޮތްތައް ހޯދައިދިނުމަށް މާލޭ ސިޓީ ކައުންސިލަށް ވެސް، ވަގުތީ މާރުކޭޓެއް ހަދަން ބިން ހަމަޖައްސާފައިވާކަމަށެވެ.

މާލޭ ސިޓީ ކައުންސިލުގެ އިތުރުން، ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެތި ފޯރުކޮށްދިނުމަށް ދެވަނަ ފިޔަވަހިން އެސްޓީއޯއަށްވެސް އެޗްޑީސީން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން، ވިނަރެސް ފްލެޓްތަކުގެ ކޮމަރޝަލް ބްލޮކްގައި އެސްޓީއޯގެ ހިދުމަތް ފޯރުކޮށްދިނުމަށް ޔުނިޓެއް ކަނޑައަޅައި މިދިޔަ މަހު ހަވާލުކޮށްފައި ވާއިރު، އެސްޓީއޯއިން ވަނީ އެތަނުގައި ފިހާރައެއް ހުޅުވާފައެވެ.

އެޗްޑީސީން ބުނީ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ކުރެވޭ ކޮންމެ ކަމަކީވެސް އެ ކުންފުނިން ބަލައިގަންނާނެ ކަމެއް ކަމަށާއި، އެފަދަ ކަންކަމަށް އެ ކުންފުނީގެ އެއްބާރުލުން ހުރިހާ މުއައްސަސާއަކަށް ވެސް ލިބޭނެ ކަމުގެ ޔަގީންކަން ދޭކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް