Advertisement
ކ. މާލެ
|
14 މާރޗް 2023 | އަންގާރަ 18:59
މެންޓަލް ހެލްތު ސެންޓަރ
މެންޓަލް ހެލްތު ސެންޓަރ
ރައީސް އޮފީސް
ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓް
"ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓް" އުފެއްދުމަށް މަޖިލީހުގެ ރުހުން
ރައީސުލްޖުމްހޫރިއްޔާ، ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފައްދަވާފައިވަނީ 22 ޑިސެމްބަރު 2022ގައި
ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓަށް ލިޔާ ސިޓީގައި ޖަހާނީ 489 ކަމުގައިވެސް ވަނީ ހަމަޖައްސަވާފައި

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، "ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓް"ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފައްދާ، އެ އިދާރާ އަކީ މިނިސްޓްރީ އޮފް ހެލްތްގެ ދަށުން ހިންގާ ތަނެއް ކަމަށް ކަނޑައެޅުމަށް މަޖިލީހުން ރުހުން ދީފިއެވެ.

"ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓް" ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފައްދަވައި، އެ އިދާރާއަކީ، މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިނގަމުންދާ ތަނެއްކަމުގައި ހަމަޖެއްސެވުމާ ގުޅިގެން، މިނިސްޓްރީ އޮފް ހެލްތުގެ މަސައްކަތްތަކުގެ ދާއިރާއަށް ގެންނެވި ބަދަލު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު މަޖިލީހުން ފާސްކޮށްފައިވަނީ 55 މެމްބަރުންގެ ވޯޓާއެކުގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު، ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފައްދަވާފައި ވަނީ 22 ޑިސެމްބަރު 2022ގައެވެ.

Advertisement

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން އުފެއްދެވި މި އިދާރާއަކީ، މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.

އެކަމާ ގުޅޭގޮތުން މިދިޔަ ޑިސެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި އިއުލާނުގައި ވާގޮތުން، ދައުލަތުގެ އިދާރާތަކުން ލިޔާ ސިޓީގައި ނަންބަރު ޖެހުމުގައި، ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓަށް ލިޔުއްވާ ސިޓީގައި ޖަހާނީ 489 ކަމުގައިވެސް ވަނީ ހަމަޖައްސަވާފައެވެ. މީގެ އިތުރުން ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓް އުފެއްދެވިކަން އިއުލާންކުރައްވައި ނެރުއްވި އިއުލާނުގައި، އެ އިދާރާގެ ބޭނުމާއި މަސައްކަތްތައް ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައިވެއެވެ.

ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ގައުމީ ފެންވަރުގައި މަސައްކަތްތަކެއް ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން 2023 އަހަރަށް ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ކަނޑައެޅި ކަންކަމުގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ހިމަނާފައިވަނީ އާއްމު ސިއްހަތު ކުރިއެރުވުމާއެކު ނަފްސާނީ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް