ކ. މާލެ
|
13 މާރޗް 2023 | ހޯމަ 18:45
އަމީނީ މަގުގެ ފަސްވަނަ ސެގްމަންޓުގެ މަސައްކަތް ކުރިއަށްދަނީ
އަމީނީ މަގުގެ ފަސްވަނަ ސެގްމަންޓުގެ މަސައްކަތް ކުރިއަށްދަނީ
އާރްޑީސީ
އަމީނީ މަގު އެއްބަސްވުން
އަމީނީ މަގުގެ އެއްބަސްވުން ހާމަކުރަން ހައިކޯޓުންވެސް ތާއީދުކޮށްފި
 
ހުކުމް އިއްވީ މައްސަލަ ބެއްލެވި ތިން ގާޒީންގެ އިއްތިފާގުން
 
ހައުސިންގ މިނިސްޓްރީން މައުލޫމާތު ހާމަކުރުމަށް އިންކާރުކުރީ ތިންވަނަ ފަރާތެއްގެ މާލީ މަސްލަަހަތަށް ބުރޫއަރާފާނެ ކަމަށް ބުނެ

އަމީނީ މަގުގެ އެއްބަސްވުން ހާމަކުރަން އެންގީ ރަނގަޅަށް ކަމަށް ހައިކޯޓުން ކަނޑައަޅައިފިއެވެ.

އަމީނީ މަގުގެ އެއްބަސްވުން ހާމަކުރަން ހައިކޯޓުން ތާއީދުކޮށްފައިވަނީ އަމީނީމަގު ހެދުމުގެ އެއްބަސްވުމާއި ކުރެހުން ހާމަކުރަން އަމިއްލަ ފަރާތަކުން އެދުމުން، އެ މައުލޫމާތު އޭނާއާ ހިއްސާކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ހައުސިންގ މިނިސްޓްރީއަށް އެންގުމުން، އެ ނިންމުން އިސްތިއުނާފުކުރުމަށް ހައިކޯޓަށް މިނިސްޓްރީން ހުށަހެޅުމުންނެވެ.

އަމީނީ މަގު ހެދުމުގެ އެއްބަސްވުން އާންމުކުރުމަށް އެދި އައިކޮމްއަށް ހުށަހެޅުމުން އެ އޮފީހުން ވަނީ މިއީ ހާމަކުރަން ޖެހޭ މައުލޫމާތެއް ކަމަށް ކަނޑައަޅައި، މިނިސްޓްރީއަށް އެކަން އަންގާފައެވެ. ނަމަވެސް މިނިސްޓްރީން ނިންމީ މައުލޫމާތު ހާމަކުރުމުގެ ބަދަލުގައި އެ އެންގުން ހައިކޯޓުގައި އިސްތިއުނާފުކުރާށެވެ.

މި މައްސަލާގައި ހައިކޯޓުން މިއަދު އިއްވި ހުކުމުގައި ވަނީ، ޕްލޭނިންގ މިނިސްޓްރީން މައުލޫމާތު ހާމަނުކުރުމަށް ނިންމި ނިންމުން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އެ މައުލޫމާތަކީ އިސްތިސްނާ ހާލަތަށް ފެތޭ މައުލޫމާތެއްކަން މިނިސްޓްރީއަށް ޝަރީއަތުގައި ސާބިތުކޮށްދެވިފައި ނުވާކަމަށެވެ.

ހައުސިންގ މިނިސްޓްރީން ހުށަހެޅި މައްސަލާގައި ބުނެފައިވަނީ އެ މައުލޫމާތުތައް ހާމަނުކުރަން ނިންމީ، މައުލޫމާތު ހާމަކޮށްފިނަމަ ތިންވަނަ ފަރާތަކަށް ނުރަނގަޅު އަސަރެއް ކޮށްފާނެ ކަމަށް ބުނެއެވެ. ނަމަވެސް، މި މައްސަލާގައި ތިންވަނަ ފަރާތްކަމުގައިވާ އާރްޑީސީއަކީ ދައުލަތުގެ އިދާރާއެއްގެ ތަރަހާގައި ހިމެނޭ ފަރާތެއް ކަމުގައި ވާތީ، އެ ފަދައިން އިސްތިސްނާ ކުރެވެން ނެތްކަމަށް ވެސް މިއަދު ހައި ކޯޓުން އިއްވި ހުކުމުގައި ބުނެފައިވެއެވެ.

އައިކޮމްއިން ނިންމި ނިންމުމާ އެއްގޮތަށް މައުލޫމާތު ހާމަކުރަންޖެހޭނެ ކަމަށް ޕްލޭނިންގ މިނިސްޓްރީގެ މައްޗަށް ހައިކޯޓުން ހުކުމް އިއްވީ، މައްސަލަ ބެއްލެވި ތިން ގާޒީންގެ އިއްތިފާގުންނެވެ.

މަގު ހެދުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީއާ) ހަވާލުކުރީ މިދިޔަ ޖުލައި މަހުގެ ތިންވަނަ ދުވަހުއެވެ. ވިއްސާރަ މޫސުންތަކުގައި މާލޭގައި އެންމެ ބޮޑަށް ފެންބޮޑުވެ، ރައްޔިތުންނަށް ގިނަ ތަކުލީފުތަކެއް ކުރިމަތިވާ އެއް މަގުކަމަށްވާ އަމީނީމަގު ތަރައްގީކުރުމަށް ޕްލޭނިންގ މިނިސްޓްރީން އާރްޑީސީއެކު ސޮއިކުރީ އެ މަގުގައި ތާރު އަޅައިގެން ހެދުމަށެވެ. 1.7 ކިލޯމީޓަރުގެ އަމީނީ މަގު ހެދުމަށް ޚަރަދުވަނީ ޖުމްލަ އަށްޑިހަ ހަތަރު މިލިއަން ހަތަރު ލައްކަ ސާދަ ހާސް ފަސް ސަތޭކަ ސާޅީސް ހަ ރުފިޔާ އަށްޑިހަ ތިން ލާރިއަށެވެ.

މި މަޝްރޫއުގެ ދަށުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން މުޅި އަމީނީ މަގުގައި ތާރުއަޅާނެއެވެ. އެގޮތުން، މި ޕްރޮޖެކްޓްގައި ހިމެނެނީ 1.7 ކިލޯމީޓަރުގެ މަގުގެ ސަރަހައްދުގައި ތާރުއެޅުމާއި، މަގުގައި ފެން ހިންދާ ނިޒާމު ގާއިމުކުރުމުގެ އިތުރުން މަގު ބައްތި ޖެހުމުގެ މަސައްކަތެވެ.

ކޮމެންޓް
ގުޅުންހުރި
ވިލިމާލޭގައި 10 ބުރިއަށް އިމާރާތްކުރެވޭ ގޮތަށް މާލޭ ޕްލޭނިންގ ގަވާއިދަށް ބަދަލު ގެނެސްފި
އިސްތިއުނާފު މަރުޙަލާ ނިމެންދެން ސައްމާހު ބަންދުކުރަންޖެހޭ ޙާލަތެއް ނެތްކަމަށް ހައިކޯޓުން ނިންމީ ރަނގަޅަކަށް ނޫން
ޖިންސީ ގޯނާ ކުރިކަމުގެ ދައުވާ އުފުލާފައިވާ މީހަކު ޝަރުތުތަކާއެކު ދޫކޮށްލީ ރަނގަޅަށް ނޫންކަމަށް ހައިކޯޓުން ނިންމައިފި
ޔާމީނަށް ކުރި 11 އަހަރުގެ ޖަލު ޙުކުމް ބާތިލު، ނަމަވެސް ދަށު ކޯޓުން އަލުން މައްސަލަ ބަލަންޖެހޭނެ
ކުރީގެ ރައީސް ޔާމީނަށް ހުކުމް ކުރުން މާދަމާ
އާރްޓީއައި ލާންޖެހޭ ހިސާބަށް ނުދާނެކަމަށް ރައީސް ވިދާޅުވި، ނަމަވެސް މައުލޫމާތު ނުދީގެން އައިކޮމްއަށް ހުށަހަޅާ މައްސަލަތައް %58 އިތުރު
އެނގިފައިވާގޮތުން އަޅުގަނޑުގެ ޝަރީއަތް މިހާތަނަށް ވެސް ލަސްކުރީ ސަރުކާރުގެ މަތީ ފަންތިން އަތް ބާނައިގެން: ޔާމީން
ހެކިބަސް ނަގާފައި ބަންދުން ދޫކޮށްލާ މީހާގެ ނުފޫޒުން ހެކިން ލައްވައި ޝަރީޢަތަށް ސިޓީ ފޮނުވުން ވަނީ ގިނަވެފައި: ހައިކޯޓު