ކ. މާލެ
|
13 މާރޗް 2023 | ހޯމަ 13:00
ރަސްދޫ
ރަސްދޫ
ދަ އެޑިޝަން
ފަތުރުވެރިޔަކު މަރުވުން
ރަސްދޫ މަޑިވަރު ޑައިވިން ޕޮއިންޓަށް ފޭބި ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ
މަރުވެފައިވަނީ އިނގިރޭސިވިލާތުގެ 46 އަހަރުގެ ފިރިހެނެއް
އިތުރަށް ބަލަންޖެހޭ ކަންކަން ދަނީ ބަލަމުން

އއ. ރަސްދޫ މަޑިވަރު ޑައިވިން ޕޮއިންޓަށް ޑައިންވިންއަށް ފޭބި ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ.

ފުލުހުން ބުނީ ހޯމަ ދުވަހު ހެނދުނު 9:12 ހާއިރު، ރަސްދޫ މަޑިވަރު ޕޮއިންޓަށް ފޭބި ފަތުރުވެރިއަކު ގެނބިގެން ހާލު ސީރިއަސް ވެގެން ރަސްދޫ ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ ފަތުރުވެރިޔާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.

މަރުވެފައިވަނީ އިނގިރޭސިވިލާތުގެ 46 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ރާއްޖޭގައި މަދުން ނަމަވެސް ޗުއްޓީ ހޭދަކުރަން އަންނަ ފަތުރުވެރިން ގެނބިގެން މަރުވުމުގެ އެކިއެކި ހިތާމަވެރި ހާދިސާތައް ދަނީ ހިނގަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް