Advertisement
ކ. މާލެ
|
13 މާރޗް 2023 | ހޯމަ 07:08
ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ
ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ
ރާއްޖެއެމްވީ
އަންހެނުންގެ ދުވަސް
މިއަދު އަންހެނުންނަށް ފުރުސަތު ގިނަ، އުންމީދަކީ އަދިވެސް ފުރުސަތުތައް އިތުރުވުން: ނަހުލާ
މިއަދު ދިވެހި އަންހެނުންނަކީ އެކި މައިދާންތަކުގައި ފިޔަޖަހައި ނަތީޖާ ނެރޭ ބައެއް
ފަސްނުޖެހި އަންހެނުންނަށް ފުރުސަތު ދޭންޖެހޭ

އިއްޔެ ނެތް އެތައް ފުރުސަތެއް މިއަދު ދިވެހި އަންހެނުންނަށް އެބައޮތް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ މިއަދު ދިވެހި އަންހެނުން ފާހަގަވަނީ ހިތްވަރުގަދަ ބައެއްގެ ގޮތުގައި ކަމަށެވެ. އެކި މައިދާންތަކުގައި ފިޔަޖަހައި ނަތީޖާ ނެރޭ ބައެއްގެ ގޮތުގައި ކަމަށާއި، މިއީ އިއްޔެ ނެތް އެތައް ފުރުސަތެއް ފަހިވުމުގެ ނަތީޖާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Advertisement

މިނިސްޓަރު ނަހުލާ ވިދާޅުވީ މިންތީގެ ހަމަހަމަކަމުގެ ވާހަކަ އަބަދުވެސް ދެކެވޭއިރު، ފަސްނުޖެހި އަންހެނުންނަށް ފުރުސަތު ދޭންޖެހޭ ކަމަށެވެ. އެއީ ވަކި ޒާތެއްގެ މަސައްކަތަކަށް ނުވަތަ ޒިންމާއަކަށް ނޫން ކަމަށެވެ.

މިއަދު ރާއްޖޭގައި ހުރިހާ ދާއިރާއަކުންވެސް އަންހެނުންގެ ބައިވެރިވުން ފެނިގެންދާ ކަމަށާއި، މިއީ އުފާކުރައްވާ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ކުރިއަށްއޮތްތަނުގައި މި ފުރުސަތުތައް އިތުރުކުރުމަށް ވަނީ ގޮވާލައްވާފައެވެ.

މިގައުމުގެ ދެބައިކޮށްފައި އެއްބަޔަށްވުރެ ގިނައިން އަންހެނުން ތިބިއިރު އަންހެނުން ބިކަކޮށް ބާކީކޮށްފައި ހޯދަންއުޅޭ ތަރައްގީ ހޯދާނީ ކިހިނެއްތޯ
ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ

މިނިސްޓަރު އިތުރަށް ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ގިނަ ޝަކުވާތަކެއް ލިބިވަޑައިގެންފައިވާކަމަށެވެ. ޖަލްސާ ބޭއްވުމުގައިވެސް އިދާރާތަކުގެ އެއްބާރުލުން ނުލިބޭކަމުގެ ޝަކުވާ ލިބިވަޑައިގެންފައިވާކަމަށެވެ. ނަހުލާގެ ވާހަކަފުޅު ނިންމަވާލެއްވީ އެފަރާތްކުން އެދޭ ކަންކަމުގައި އިދާރާތަކުން އެއްބާރުލުން ދެއްވުމަށް އެދިވަޑައިގަންނަވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް