ކ. މާލެ
|
13 މާރޗް 2023 | ހޯމަ 01:34
އެޑިއުކޭޝަން މިނިސްޓަރު ޑރ އާއިޝަތު އަލީ
އެޑިއުކޭޝަން މިނިސްޓަރު ޑރ އާއިޝަތު އަލީ
މަޖިލިސް
އެޑިއުކޭޝަން މިނިސްޓްރީ
ދަރުމަވަންތަ ސްކޫލާއި އަރަބިއްޔާ ސްކޫލް ބަދަލުކުރަނީ
 
އަރަބިއްޔާ ސްކޫލް މިހާރު ދަރުމަވަންތަ ހިންގާ އިމާރާތައް ބަދަލުކުރަން ދަނީ މަޝްވަރާކުރަމުން
 
ދަރުމަވަންތަ ސްކޫލް، އައު އިމާރާތައް ބަދަލުކުރުމަށް ދަނީ މަޝްވަރާކުރަމުން

ދަރުމަވަންތަ ސްކޫލާއި އަރަބިއްޔާ ސްކޫލް ބަދަލުކުރުމުގެ މަޝްވަރާތަކެއް ފަށައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ބޮޑުތަކުރުފާނު މަގުގައި މިހާރު އިމާރާތްކޮށްފައިވާ ދަރުމަވަންތަ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް ނިންމައި، އެ ސްކޫލުގެ ކިޔެވުން އެ އިމާރާތައް ބަދަލުކުރުމަށް މަޝްވަރާކުރަމުންދާކަމަށެވެ.

އަދި މިހާރު ދަރުމަވަންތަ ސްކޫލު ހިންގަމުންދާ އިމާރާތައް އަރަބިއްޔާ ސްކޫލް ބަދަލުކުރުމަށް މަޝްވަރާކުރެވެމުންދާކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މިހާރު ދަރުމަވަންތަ ސްކޫލް ހިންގަމުން އަންނަނީ ވެލާނާގެއާ ޖެހިގެން ހުރި އިމާރާތުގައެވެ. އަދި އަރަބިއްޔާ ސްކޫލުގެ ކިޔެވުން ވަގުތީގޮތުން ކުރިއަށްގެންދަނީ ހުޅުމާލެ ފެރީ ޓާމިނަލާ ޖެހިގެން ހުންނަ ފޮރިން މިނިސްޓްރީ އިމާރާތުގައެވެ.

މި ދެ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތްތައްވެސް މިހާރު ކުރިއަށްދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
100%
0%
0%
0%
0%
0%
ކޮމެންޓް