ކ. މާލެ
|
12 މާރޗް 2023 | އާދީއްތަ 17:19
ރިޔާދުގައި ހުންނަ ކިންގް ޅާލިދު އިންޓަރނޭޝަނަލް އެއަރޕޯޓް
ރިޔާދުގައި ހުންނަ ކިންގް ޅާލިދު އިންޓަރނޭޝަނަލް އެއަރޕޯޓް
ގެޓީ އިމޭޖަސް
ސައުދީ އަރަބިއްޔާ
ސައުދީ އަރަބިއްޔާ އިން ރިޔާދް އެއާގެ ނަމުގައި އައު ގައުމީ އެއާލައިނެއް ތައާރަފުކޮށްފި
 
އަމާޒަކީ 2030 ވަނަ އަހަރުގެ ނިޔަލަށް ދުނިޔޭގެ 100ށް ވުރެ ގިނަ މަންޒިލަށް ދަތުރުތައް ފެށުން

ސައުދީ އަރަބިއްޔާއިން ރިޔާދު އެއާގެ ނަމުގައި އައު ގައުމީ އެއާލައިނެއް ތައާރަފުކޮށްފިއެވެ.

ވައިގެ ދަތުރުފަތުރުގެ ދާއިރާ ތަރައްގީ ކުރުމަށް އެހީތެރިވެދިނުމަށާއި، ރަސްކަމުގެ ސްޓްރެޓެޖިކް މަގާމު އިތުރުކުރުމަށް އައު ގައުމީ އެއާލައިނެއް ކަމަށްވާ “ރިޔާދު އެއާލައިންސް” އަށް ޕަބްލިކް އިންވެސްޓްމަންޓް ފަންޑެއް ގާއިމްކޮށްފައިވާކަން ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދު އަދި ޕަބްލިކް އިންވެސްޓްމަންޓް ފަންޑުގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަން އިއުލާންކުރައްވައިފިއެވެ.  

ސައުދީ އަރަބިއްޔާ އިން ބުނީ މި އެއާލަން ގާއިމުކޮށްފައިވަނީ އޭޝިއާ، އެފްރިކާ އަދި ޔޫރަޕް، އަދި ސައުދީ ވިޝަން 2030 ގެ މަގުސަދުތަކާ އެއްގޮތަށް ގައުމީ ކުންފުނިތަކުގެ ވާދަވެރިކަން މަތިކުރުމަށް މަސައްކަތް ކުރުން ކަމަށެވެ.

ވެރިރަށް ރިޔާޟްގައި އޮޕަރޭޝަންތައް ބެލެހެއްޓުމުގެ މައިގަނޑު މަރުކަޒެއްގެ ގޮތުގައި އަދި ފްލައިޓްތައް ފެށޭ ތަނެއްގެ ގޮތުގައި، ޒަމާނީ މަތިންދާބޯޓުތަކުގެ ފްލީޓެއް ގެންގުޅެ، އެ ކުންފުނިން އަމާޒު ހިފާފައިވަނީ ބައިނަލްއަގްވާމީ ރައްކާތެރިކަމާއި ދެމެހެއްޓެނިވި ގޮތެއްގައި އެންމެ ރަނގަޅު އުސޫލުތައް ތަންފީޒުކުރުމަށެވެ. އަދި އޭވިއޭޝަންގެ ދާއިރާއިން، ލީޑަޝިޕަށް އެންމެ ފަހުގެ ޑިޖިޓަލް ޓެކްނޮލޮޖީތައް ފޯރުކޮށްދިނުމުގެ އިތުރުމަށެވެ.

ރިޔާދު އެއާލައިންސްގެ އިސްވެރިޔަކީ ބައިނަލްއަގްވާމީ ތަޖުރިބާކާރުންގެ އެލައިޓް ގްރޫޕެއް ކަމަށާއި، އެ އެއާލައިންސްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަންކަން ކުރައްވާނީ ޕަބްލިކް އިންވެސްޓްމަންޓް ފަންޑުގެ ގަވަރުނަރު ޔާސިރު ބިން އުސްމާން އަލް ރުމަޔާން ކަމަށާއި އެ ކުންފުނީގެ ސީއީއޯއަކަށް އައްޔަންކޮށްފައިވަނީ ޓްރާންސްޕޯޓް، އޭވިއޭޝަން އަދި ލޮޖިސްޓިކްސް ދާއިރާގައި 40 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ޓޯނީ ޑަގްލަސް، ކަމަށް އެސްޕީއޭގެ ނިއުސް އެޖެންސީން ބުނެއެވެ.

ޕަބްލިކް އިންވެސްޓްމަންޓް ފަންޑުގެ މުޅިން ހިއްސާވާ ކުންފުންޏެއްގެ ގޮތުގައި ފަންޑުގެ މާލީ ގާބިލްކަމާއި އިންވެސްޓްމަންޓް ތަޖުރިބާގެ ސަބަބުން އޭވިއޭޝަން ދާއިރާގައި ގައުމީ އަދި ދުނިޔޭގެ ކުރިއަރާފައިވާ ކުންފުންޏަކަށް ވުމުގެ ކުރިއަށް އޮތް ޕްލޭންތަކަށް ތާއީދުކުރާ ގޮތަށް އޮޕަރޭޝަންތައް ފުޅާކުރެވޭނެއެވެ. ފަސިންޖަރުންގެ ތަޖުރިބާ މުއްސަނދި ކުރުމަށްޓަކައި “ރިޔާދު އެއާލައިންސް” ގެ އަމާޒަކީ 2030 ވަނަ އަހަރުގެ ނިޔަލަށް ދުނިޔޭގެ 100ށް ވުރެ ގިނަ މަންޒިލަށް ދަތުރުތައް ފެށުމެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިންނާއި ޒިޔާރަތްކުރާ ފަރާތްތަކަށް އެންމެ ރީތި ފަތުރުވެރިކަމާއި ގުދުރަތީ ތަންތަނަށް ވާސިލްވުމަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށާއި، ދަތުރުފަތުރާއި އޭވިއޭޝަންގެ ދާއިރާއިން އާ ޒަމާނެއް އުފެއްދުމަށް ވެސް “ރިޔާދު އެއާ” ލޯންޗުކުރުމުގެ އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ސައުދީން ބުނެއެވެ.  

ބައިނަލްއަގްވާމީ ދަތުރުވެރިންގެ ހަރަކާތްތައް ޝައުގުވެރިކޮށް، ދުނިޔޭގެ އެކި ބައްރުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށް އެހީތެރިވެދޭ ދަތުރުފަތުރާއި، ޝިޕިންގ އަދި ސްޓްރެޓެޖިކް ލޮޖިސްޓިކްސްގެ ހިދުމަތްތަކުގެ ޤާބިލުކަން އިތުރުކުރުމުގެ އިތުރުން ރިޔާދު ސިޓީއަކީ ދުނިޔެއަށް ވަދެވޭނެ ދޮރެއް، އަދި ދަތުރުފަތުރާއި ވިޔަފާރިއާއި ފަތުރުވެރިކަމުގެ ދުނިޔޭގެ މަންޒިލަކަށް ވެގެންދާނެ ކަމަށާއި، މިހެންވުމުން ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދަތުރުފަތުރާއި ލޮޖިސްޓިކްސްގެ ހިދުމަތްތަކުގެ ގައުމީ ސްޓްރެޓެޖީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެހީތެރިވެދޭނެ ކަމަށް ވެސް އެ ޤައުމުން ބުނެއެވެ.

ސައުދީ ވިޝަން 2030 ގެ އަމާޒުތައް ހާސިލް ކުރުމަށްޓަކައި އޭވިއޭޝަން ދާއިރާގެ ނިޒާމުގެ މާލީ ދެމެހެއްޓެނިވިކަން އިތުރުކޮށް، ދުނިޔޭގެ ވާދަވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ޕަބްލިކް އިންވެސްޓްމަންޓް ފަންޑުން އޭވިއޭޝަން ދާއިރާއަށް އެންމެ ފަހުން ކުރި އިންވެސްޓްމަންޓްތަކުގެ ތެރޭގައި ރިޔާދު އެއާލައިންސް އާއި ކިންގް ސަލްމާން އިންޓަނޭޝަނަލް އެއާޕޯޓް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް