ކ. މާލެ
|
12 މާރޗް 2023 | އާދީއްތަ 10:33
ވާދޫ ކުޅުންތެރިން ރޭ އުފާ ފާޅުކުރަނީ
ވާދޫ ކުޅުންތެރިން ރޭ އުފާ ފާޅުކުރަނީ
ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން
ގޯލްޑަން ފުޓްސަލް ޗެލެންޖް
ތިމަރަފުށި ކަޓައި އިނގުރައިދޫ، ވާދޫ، ގަމާއި، ކުޑަހުވަދޫ ސެމީއަށް
ޗެމްޕިއަން ތިމަފުށި ކެޓީ ޕެނަލްޓީ ޖަހައިގެން ބަލިވުމުން

މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބާއްވާ ގޯލްޑަން ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލުގައި ވާދަކުރާނެ ހަތަރު ރަށް ކަށަވަރުވެއްޖެ އެވެ.

ސެމީގައި ވާދަކުރާނީ ގދ. ވާދޫ އާއި ރ. އިނގުރައިދޫ އަދި ދ. ކުޑަހުވަދޫ އާއި ލ. ގަމެވެ.

ސެމީ ފައިނަލަށް ރޭ އެންމެ ފަސޭހަކަމާއެކު ދަތުރު ކުރި ރަށަކީ ވާދޫ ޓީމެވެ. އެމީހުން ސެމީ އަށް ދަތުރުކުރ މާފަންނު 4-1އިން ބަލިކޮށްފަ އެވެ. އަނެއް ތިން ރަށް ސެމީ އަށް ދިޔައީ ވަރަށް ވަރުގަދަ ވާދައަކަށް ފަހު ޕެނަލްޓީ ޖަހައިގެންނެވެ.

މި ގޮތުން ވާދޫއާއެކު ސެމީގައި ކުޅެން އިނގުރައިދޫ ހޮވުނީ ހދ. ނައިވާދޫއާ ވާދަކުރި މެޗު ޕެނަލްޓީ ޖަހައިގެން 7-5 އިން ކާމިޔާބުކޮށްގެންނެވެ. މި މެޗުގެ ފުރިހަމަ ވަގުތު ނިމުނީ ދެ ޓީމު 3-3އިން އެއްވަރުވެގެންނެވެ.

ލ. ގަން ސެމީ އަށް ދިޔައީ ކުރީ ދެ އަހަރުގެ ޗެމްޕިއަން ތިމަރަފުށި 5-4އިން ބަލިކޮށްފަ އެވެ. މި މެޗު ޕެނަލްޓީ އަށް ދާން ޖެހުނީ ދެ ޓީމު 1-1އިން އެއްވަރުވުމުންނެވެ.

ކުޑަހުވަދޫ ސެމީން ފުރުސަތު ހޯދީ އޭދަފުއްޓާ ވާދަކޮށްގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ލަނޑެއް ނުޖެހި އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން އޭދަފުށި ބަލިވީ 3-2އިންނެވެ.

- ކޮމެންޓް