ކ. މާލެ
|
12 މާރޗް 2023 | އާދީއްތަ 08:19
އެމްއެންޑީއެފް ފަޔަރ ސޭފްޓީ ވީކްގެ ހަރަކާތްތަކުގެ ތެރެއިން
އެމްއެންޑީއެފް ފަޔަރ ސޭފްޓީ ވީކްގެ ހަރަކާތްތަކުގެ ތެރެއިން
އެމްއެންޑީއެފް
ފަޔަރ ސޭފްޓީ ވީކް
އެމްއެންޑީއެފް ފަޔަރ ސޭފްޓީ ވީކް މިއަދު ފަށަނީ
މިއީ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވެރި ތިބުމަށް އާންމުން ހޭލުންތެރިކަން އިތުރުކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެއް

އަލިފާނުގެ ސަބަބުން ދިމާވާ ހާދިސާތައް މަދުކޮށް، އާންމުން ހޭލުންތެރިކުރުމަށް އެމްއެންޑީއެފުން ކުރިއަށްގެންދާ ފަޔަރ ސޭފްޓީ ވީކް މިއަދު ފަށާނެއެވެ.

އެމްއެންޑީއެފުން ބުނީ، މި ހަރަކާތަކީ ކުރިއަށް އޮތީ ރޯދަމަށް ކަމަށްވުމާއެކު، އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވެރި ތިބުމަށް އާންމުން ހޭލުންތެރިކަން އިތުރުކޮށް، އެފަދަ ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތައް އާންމުންނަށް ދައްކާލާ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ.

2012 ވަނަ އަަަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހުގެ ކުރިން ބާއްވަމުން އަންނަ ފަޔަރ ސޭފްޓީ ވީކްގެ މިފަހަރުގެ ޝިއާރަކީ ރޯވުމުގެ ކުރިން ސަމާލުވެލައްވާއެވެ.

މިފަހަރުގެ ފަޔަރ ސޭފްޓީ ވީކްގެ ތެރެއިން 3 ސްޓޭންޑެއް ބެހެއްޓިގެންދާނެއެވެ. އެގޮތުން ކިޗަން ސިމިއުލޭޓަރ ސްޓޭންޑާއި، ކައްކާ ގޭސް ސްޓޭންޑް އަދި ބްލެންކެޓް ސްޓޭންޑް ހުންނާނެއެވެ.

12ން 18 މާޗަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި މާލެ ސަރަހައްދުގެ އިތުރުން، އުތުރު، މެދު އަދި ދެކުނު އޭރިއާގެ ކޮމާންޑް ސެންޓަރުތަކުން އެކި ރަށްރަށުގައި މި ހަރަކާތް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.

ފަޔަރ ސޭފްޓީ ވީކް ފެށުމުގެ ގޮތުން، މާލެ ސަރަހައްދުގައި ފުރަތަމަ ޕްރޮގްރާމް ބާއްވާނީ މިއަދު ހަވީރު 4:15 ގައި ރަސްފަންނު ސަރަހައްދުގައެވެ. އަދި މާދަމާ ހަވީރު 4:15 ގައި އާޓިފިޝިއަލް ބީޗްގައި ބޭއްވުމަށް ހަމަޖެހިފައިވާ އިރު، ވިލިމާލެ ރުއްދަނޑުގައި އަންގާރަ ދުވަހު ހަވީރު 4:15 ގައި ޕްރޮގްރާމް ކުރިއަށްގެންދާނެއެވެ. މީގެ އިތުރުން ހުޅުމާލެ ރުއްގަނޑު 2 ގައި ބުދަ ދުވަހު 4:15 ގައި ޕްރޮގްރާމް ކުރިއަށް ގެންދާނެއެވެ. އަދި ތިލަފުށީ ފުޓްބޯޅަ ދަނޑުގައި 18 ވަނަ ދުވަހު މި ޕްރޮގްރާމް ކުރިއަށްގެންދާ އިރު މި ޕްރޮގްރާމުގެ ތެރެއިން ސްޓޭންޑްތަކަށް ޒިޔާރަތްކޮށްގެން އިނާމު ލިބޭނެކަމަށް އެމްއެންޑީއެފުން ބުނެއެވެ.

- ކޮމެންޓް