ކ. މާލެ
|
12 މާރޗް 2023 | އާދީއްތަ 07:12
ރައީސުލްޖުމްހޫރިއްޔާ ސައުދީގެ ޓޫރިޒަމް މިނިސްޓަރާ ބައްދަލުކުރެއްވުން
ރައީސުލްޖުމްހޫރިއްޔާ ސައުދީގެ ޓޫރިޒަމް މިނިސްޓަރާ ބައްދަލުކުރެއްވުން
ފަތުރުވެރިކަން ކުރިއެރުވުން
ސައުދީއާ ގުޅިގެން ފަތުރުވެރިކަން ކުރިއެރުވުމަށް މަޝްވަރާކޮށްފި
ދެގައުމު ގުޅިގެން ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގުމަށް މަޝްވަރާކުރެއްވި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ސައުދީ އަރަބިއްޔާގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަލް ޚަތީބާ ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޖަރުމަނުވިލާތަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ވަނީ އެގައުމުގައި މިހާރު ކުރިއަށްދާ އައިޓީބީ ބާލިން 2023 އަށް ޒިޔާރަތްކުރައްވާފައެވެ.

މި ޒިޔާރަތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ ސައުދީ އަރަބިއްޔާގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަލް ޚަތީބާ ބައްދަލުކުރައްވާފައެވެ. އަދި ސައުދީއާ ގުޅިގެން ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގުމާ ގުޅޭގޮތުންނާއި، ދެމެހެއްޓެނިވިގޮތެއްގައި ފަތުރުވެރިކަން ކުރިއެރުވުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޖަރުމަނަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ގެންދަވަނީ އެގައުމުގެ އިސްވެރިންނާ ވެސް ބައްދަލުކުރައްވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް