Advertisement
ކ. މާލެ
|
10 މާރޗް 2023 | ހުކުރު 13:08
ބާޒާރުމަތި
ބާޒާރުމަތި
މުހައްމަދު އަނިލް
ރޯދަ މަހު ކާބޯތަކެތީގެ އަގު ހިފެހެއްޓުން
ރޯދަ މަހު ކާބޯތަކެތީގެ އަގު ހިފަހައްޓަން ސަރުކާރުން އިސްކަން ދޭނެ: ތަރުޖަމާން
އެސްޓީއޯ މެދުވެރިކޮށް ހަ ޝިޕްމަންޓެއް ގެނައުމަށް ނިންމާފައިވޭ
ފުރަތަމަ ޝިޕްމަންޓް މިދިޔަ މަހުގެ 27 ވަނަ ދުވަހު ގެނެސްފި
އެމްޕީއެލާއި ކަސްޓަމްސް އިން ވެސް ދަނީ ރޯދަ އަށް ތައްޔާރުވަމުން

ކުރިއަށް އޮތް ރޯދަމަހާއި ދިމާކޮށް ކާބޯތަކެތީގެ އަގު ހިފަހައްޓަން ސަރުކާރުން އިސްކަން ދޭނެކަމަށާއި އެކަމަށްޓަކައި މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ރާއްޖޭގެ ބާޒާރުގައި ރޯދަ މަހާއި ދިމާކޮށް ކާބޯތަކެތީގެ އަގުބޮޑުވިޔަ ނުދީ ހިފެހެއްޓުމަށް، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) މެދުވެރިކޮށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އެސްޓީއޯ މެދުވެރިކޮށް 6 ޝިޕްމަންޓެއް ގެނައުމަށް ނިންމާފައިވާކަމަށް މިއުވާން ވިދާޅުވިއެވެ. އަދި މި ޝިޕްމަންޓުތަކުގައި އާއްމުކޮށް ރޯދަ މަހު ގިނައިން ބޭނުންކުރާ ކާބޯތަކެތީގެ ބާވަތްތައް ހިމެނޭނެކަމަށާއި ތަކެތި ހުސްވިޔަ ނުދިނުމަށް އެސްޓީއޯއިން މަސައްކަތްކުރަމުންދާ ކަމަށް މިއުވާން ވިދާޅުވިއެވެ. އޭގެތެރެއިން ފުރަތަމަ ޝިޕްމަންޓް މިދިޔަ މަހުގެ 27 ވަނަ ދުވަހުގައި ގެނެސްފައިވާ ކަމަށް މިއުވާން ވިދާޅުވިއެވެ.

Advertisement

މިއުވާން ވިދާޅުވީ އެސްޓީއޯ މެދުވެރިކޮށް ރޯދަ މަހު ކާބޯތަކެތީގެ ދަތިކަން ހައްލުކުރުމަށް އިތުރު ފިޔަވަޅުތައް ވެސް ސަރުކާރުން އަޅާފައިވާ ކަަމަށެވެ. އަދި ސަރުކާރުގެ އިތުރު ކުންފުނިތަކުން ވެސް އެ މަސައްކަތްކުރަމުންދާ ކަމަށާއި އެކަމުގެ ތަފްސީލްތައް ފަހުން ހިއްސާކުރައްވާނެކަމަށެވެ. އެގޮތުން މުދާ ގެނައުމަށާއި މުދާ ޕޯޓުގައި ތާށިވިޔަނުދީ ބާޒާރަށް ނެރެވޭނެ ގޮތް ހަމަޖެއްސުމަށް އެމްޕީއެލާއި ކަސްޓަމްސް އަދި ކަމާ ގުޅުންހުރި އިދާރާތައް ގުޅިގެން މަސައްކަތް ކުރަމުންދާނެކަމަށް ވެސް މިއުވާން ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް