ކ. މާލެ
|
10 މާރޗް 2023 | ހުކުރު 07:59
އެޑިއުކޭޝަން މިނިސްޓަރު ޑރ އާއިޝަތު އަލީ
އެޑިއުކޭޝަން މިނިސްޓަރު ޑރ އާއިޝަތު އަލީ
އެޑިއުކޭޝަން މިނިސްޓްރީ
ޕްރިންސިޕަލުން ތަމްރީނުކުރުން
ޕްރިންސިޕަލުންނަކީ ފަސޭހައިން ބައްދަލުވެވޭ ބަޔަކަށް ވާންޖެހޭ: މިނިސްޓަރު
 
ޕްރިންސިޕަލުންނަށް ދަރިވަރުންގެ ކިޔެވުމަށް ފައިދާހުރި ބަދަލުތަކެއް ގެނެވިދާނެ
 
ޕްރިންސިޕަލްކަމަކީ ވަރަށް ބޮޑު ޒިންމާއެއް

ހިންގުންތެރި ވެރިއަކަށްވެވޭނީ މުދައްރިސުންނާއި އެހެނިހެން މުވައްޒަފުންނާއި، ބެލެނިވެރިންނާއި ދަރިވަރުންނާއި މުޖްތަމަޢުގެ އެހެން ފަރާތްތަކަށް ފަސޭހަކަމާއެކު ބައްދަލުކުރެވި ވާހަކަ ދެކެވޭ ބަޔަކަށް ވެވިގެން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓަރު މިފަދައިން ވިދާޅުވީ ޕްރިންސިޕަލުން ތަމްރީނު ކުރުމުގެ ސްކޮލަރޝިޕްގެ ފުރަތަމަ ބުރު ނިންމި ބައިވެރިންނަށް ޕްރިންސިޕަލްކަމުގެ މަސްޢޫލިއްޔަތު ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ސްކޫލްތަކުގެ ޕްރިންސިޕަލްކަމަކީ ވަރަށް ބޮޑު ޒިންމާއެއް ކަމަށެވެ. މި ޒިންމާގެ ބޮޑުކަން އަބަދުވެސް ހަނދާނުގައި ބަހައްޓަންވާނެ ކަމަށާއި، މިއީ ފަސޭހަ ދަތުރަކަށް ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންނަމަވެސް ރަނގަޅަށް ޒިންމާ އަދާކުރެވިއްޖެނަމަ އެއީ ދެމިހުންނަނިވި ހިތްހަމަޖެހުމެއް ލިބޭނެ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރަނގަޅު ހިންގުންތެރިން ހިންގަނީ ނަމޫނާ ދައްކައިގެން ކަމަށާއި، ޕްރިންސިޕަލުން ވާންވާނީ ޕޮޒިޓިވް، އެންތޫސިއާސްޓިކް، ދުވަހީ މަސައްކަތްތަކުގައި ބައިވެރިވާ ބަޔަކަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ފަސޭހައިން ބައްދަލުވެވޭ ބަޔަކަށް ޕްރިންސިޕަލުން ވާންޖެހޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހިންގުންތެރި ވެރިއަކަށްވެވޭނީ މުދައްރިސުންނާއި އެހެނިހެން މުވައްޒަފުންނާއި، ބެލެނިވެރިންނާއި ދަރިވަރުންނާއި މުޖްތަމަޢުގެ އެހެން ފަރާތްތަކަށް ފަސޭހަކަމާއެކު ބައްދަލުކުރެވި ވާހަކަ ދެކެވޭ ބަޔަކަށް ވެވިގެން. އުނދަގޫ ޙާލަތްތަކުގައި ކެތްތެރިވާ ބަޔަކަށްވެވިގެން. ފިޔަވަޅު އެޅުމުގެ ކުރިން ވިސްނާ ބަޔަކަށް ވެވިގެން. އަދި އަމިއްލަ ޒަރޫރީ ބޭނުންތަކުގެ ކުރިއަށް މަދަރުސާގެ ބޭނުންތައް އިސްކުރާ ބަޔަކަށް ވެވިގެން. އަޅުގަނޑުގެ އުއްމީދަކީ މިރޭ ޕްރިންސިޕަލްކަމުގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަކީ މިދެންނެވި ފަދަ ބަޔަކަށް ވާނެކަން. ބަދީލީ ބަދަލުތަކަށް މަރްޙަބާ ކިޔާ ބަޔަކަށް ވާނެކަން.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ

މިނިސްޓަރު އިތުރަށް ވިދާޅުވީ ސްކޫލްތަކުގެ ވެރިންނަކީ ދަރިވަރުންގެ ކިޔެވުމަށް ފައިދާހުރި ބަދަލުތަކެއް ގެނެވިދާނޭ ބައެއް ކަމަށެވެ. މުދައްރިސުން ފިޔަވައި، ދަރިވަރުންގެ ތަޢުލީމަށް އެންމެ ހެޔޮ ބަދަލެއް ގެނެވޭނީ ސްކޫލް ހިންގަން ހުރި އިސްވެރިއަކަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެއިތުރުން ސްކޫލް ހިންގާ ވެރިއެއްގެ ހައިސިއްޔަތުން، ކޮންމެ ޕްރިންސިޕަލަކީ ވެސް ސްކޫލްގެ ކިޔަވައިދިނުމުގެ ޕްރޮގްރާމް ފަހިކޮށް ކުރިއަށްގެންދެވޭނޭ ޙާލަތްތައް މެދުވެރިކުރުވާ ފަރާތަކަށް ވުމަށް މިނިސްޓަރު ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ. އަދި ބެލެނިވެރިންނާއި އާއިލާތަކާ ގުޅުންތައް ގާއިމުކޮށް ދެމެހެއްޓުމަށް ވެސް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި