Advertisement
ކ. މާލެ
|
9 މާރޗް 2023 | ބުރާސްފަތި 17:19
މާލެ ޖސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު
މާލެ ޖސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު
ރާއްޖެއެމްވީ
މިސްކިތް މަރާމާތު ކުރުން
މިހާރު ވެސް މަދުވެގެން 15 މިސްކިތް މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ: މުއިއްޒު
މިސްކިތްތައް މަރާމާތު ކުރުމުގެ މަސައްކަތުގައި 30 މީހުން އަމަލީގޮތުން ބައިވެރިވޭ

މިހާރު ވެސް މަދުވެގެން 15 މިސްކިތް މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު, ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މުއިއްޒު ވިދާޅުވީ, މިހާރު މިސްކިތްތަކުގައި ކުރިއަށްދަނީ ފާޚާނާ ބަރިއާއި، ޓައިލްސް ބަދަލުކުރުމާއި، ފަންކާތައް ބަދަލުކުރުމާއި، ކުލަލުމާއި، އިސްކުރުތައް ބަދަލުކުރުމުގެ ބައެއް މަސައްކަތްތައް ކަމަށެވެ. އަދި މިފަދަ މުހިންމު މަސައްކަތްތައް ރޯދައަށް ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ކައުންސިލުން މަރާމާތުގެ މަސައްކަތް ކުރަމުންދާ ބައެއް މިސްކިތްތަކަށް ބަލާއިރު; އާ ސަހަރާ މިސްކިތުގެ ސީލިންގ މަރާމާތުކުރުމާއި ލައިޓުތައް ބަދަލުކުރުމުގެ އިތުރުން ފާރު މަރާމާތުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ހުޅުމާލޭގެ އުމަރު ބިން އަލްޚައްތާބް މިސްކިތުގެ ކުލަލުމުގެ މަސައްކަތާއި ފުރުގާން މިސްކިތުގައި ހަލާކުވެފައިވާ ޓައިލްސް ބަދަލުކުރުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.

Advertisement

މިސްކިތްތައް މަރާމާތު ކުރުމުގެ މަސައްކަތުގައި 30 މީހުން އަމަލީގޮތުން ބައިވެރިވާ ކަމަށްވެސް ވިދާޅުވިއެވެ. ރައްޔިތުން ފަންޑަށް ދިން އެއްމިލިއަން ރުފިޔާ ހިމަނައިގެން، މިސްކިތްތައް މަރާމާތު ކުރަނީ ޖުމްލަ 9 މިލިއަން ރުފިޔާއިން ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

މިސްކިތްތައް މަރާމާތު ކުރުމަށް އިސްލާމިކް މިނިސްޓްރީން ކުރިން ދިން އެއްމިލިއަން ރުފިޔާ ޚަރަދު ކުރެވިއްޖެކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ، ތިން މިސްކިތެއްގައި ނޮވިލޯން ބަދަލުކުރުމަށްފަހު ބިލްތައް ފޮނުވުމުން އިސްލާމިކް މިނިސްޓްރީން ފައިސާދޭނެ ކަމަށް ބުނެފައިވާކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް