މިހާރު ކުރިއަށްދާ އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ކަލާފާނު ސްކޫލް އިން ހޯދައިފި އެވެ.
ކަލާފާނުން ފައިނަލްގެ ޖާގަ ހޯދީ ބުދަ ދުވަހުގެ ހަވީރު ކުޅުނު ސެމީ ފައިނަލް މެޗުގައި މަޖީދިއްޔާ ސްކޫލްގެ މައްޗަށް 2-0 އިން ކުރި ހޯދައިގެންނެވެ. ކަލާފާނުން ސެމީ ފައިނަލަށް ދިޔައީ ކުއާޓާގައި ޖަމާލުއްދީންގެ ބަލިކޮށްގެންނެވެ. ސެމީ މެޗު ފަަށައިގެން ފަސް މިނެޓުގެ ތެރޭގައި ކަލާފާނު ވަނީ ދެ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. ކަލާފާނަށް މެޗުގައި ލީޑު ނަގައިދިނީ އެއް ވަނަ މިނެޓުގައި އަޙުމަދު އަފްނާން އަލީ އެވެ. އޭގެ ތިން މިނެޓު ފަހުން އެ ޓީމަށް ލީޑު ފުޅާކޮށްދިނީ މުޙައްމަދު ލާމިއު ބިން އިބްރާހީމް އެވެ.
19 ސްކޫލް ވާދަކުރާ މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި އޮތީ އަންނަ ހޮނިހިރު ދުވަހު އެވެ.