ކ. މާލެ
|
8 މާރޗް 2023 | ބުދަ 12:11
ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރީ
ރާއްޖެއެމްވީ
ޓީބިލް ވިއްކުން
ޓީބިލް ވިއްކަން ހުޅުވާލައިފި
އަމިއްލަ ބައެއް ކުންފުނިތަކުން ވެސް ޓީބިލް ގަނޭ
98 ދުވަހުން އަނބުރާ ދެއްކުމަށް 420 މިލިއަން ރުފިޔާގެ ޓީބިލް ވިއްކަނީ
28 ދުވަހުން އަނބުރާ ދެއްކަމަށް 514 މިލިއަން ރުފިޔާގެ ޓީބިލް ވިއްކާނެ

ސަރުކާރުން ޓްރެޒަރީ ބިލް (ޓީބިލް) ވިއްކަން ހުޅުވާލައިފިއެވެ.

ސަރުކާރުން ހުޅުވާލާފައި ވަނީ 1.8 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކުމަށެވެ. ފިނޭންސް މިނިސްޓްރީން ބުނިގޮތުގައި 28 ދުވަހުން އަނބުރާ ދެއްކަމަށް 514 މިލިއަން ރުފިޔާގެ ޓީބިލް ވިއްކަން ވަނީ ހަމަޖެހިފައެވެ. އަދި 98 ދުވަހުން އަނބުރާ ދެއްކުމަށް 420 މިލިއަން ރުފިޔާގެ ޓީބިލް ވިއްކަން ވަނީ ހަމަޖެހިފައެވެ.

ހަމައެހެންމެ އަމިއްލަ ބައެއް ކުންފުނިތަކުން ވެސް ޓީބިލް ގަނެންވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 364 ދުވަހުގެ ތެރޭގައި އަނބުރާ ދެއްކުމަށް 781.8 މިލިއަން ރުފިޔާގެ ޓީބިލެއް ވިއްކުމަށް ވަނީ ނިންމާފައެވެ.

Advertisement

ފިނޭންސް މިނިސްޓްރީ އިން ހާމަކޮށްފައިވާ ގޮތުން ޓީބިލުގެ އިންޓްރެސްޓް ރޭޓްތައް ހުރީ 3.50 އިންސައްތަ އާއި 4.60 އިންސައްތައާ ދެމެދުގައެވެ.

ރާއްޖޭގައި މިހާރު ޓީބިލްގެ ރޭޓްތަކަށް ބަލާ ނަމަ 28 ދުވަހަށް ޓީބިލެއް ވިއްކަނީ 3.50 ޕަސެންޓުގައެވެ. އަދި 98 ދުވަހަށް 3.87 ޕަސެންޓުގައި ވިއްކައެވެ. މީގެ އިތުރުން 182 ދުވަހަށް ޓީބިލެއް ވިއްކަނީ 4.23 ޕަސެންޓުގައެވެ. ހަމައެހެންމެ 364 ދުވަހަށް ޓީބިލް ވިއްކަނީ 4.6 ޕަސެންޓުގަކަން ފާހަގަކޮށްލެވެއެވެ. ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަގަންނަމުން ދަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް