ކ. މާލެ
|
7 މާރޗް 2023 | އަންގާރަ 17:25
އެމްޓީސީސީ
އެމްޓީސީސީ
މިހާރު
އެންޓި ކޮރަޕްޝަން ކޮމިޝަން
އޮސްޓްރޭލިއާގެ ކުންފުންޏަކަށް ދިން 550،000 ޑޮލަރު ހޯދަން އެމްޓީސީސީއަށް އަންގައިފި
އެމްއާރްއައިސީއަށް ދިން ފައިސާ މިހާތަނަށް ލިބިފައެއްނުވޭ

ހުޅުމާލޭގައި ހައުސިންގ ޔުނިޓްތަކެއް އެޅުމަށް، އެމްޓީސީސީގެ ހިއްސާ އޮންނަ ކުންފުންޏަކުން އޮސްޓްރޭލިއާގެ ކުންފުންޏަކަށް ދީފައިވާ 550،000 ޑޮލަރު ދައުލަތަށް އަނބުރާ ހޯދުމަށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އެ ކުންފުނިތަކަށް އަންގައިފިއެވެ.

އޭސީސީން މިގޮތަށް އަންގާފައިވަނީ އެމްޓީސީސީގެ 99.99 އިންސައްތަ ހިއްސާވާ، މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް(އެމްއާރްއީއައިސީ)ން، އިންޓަރނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން އޮސްޓްރޭލިޔާ (އައިއެފްސީއޭ) ކިޔާ އޮސްޓްރޭލިޔާގެ ކުންފުންޏަކާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން، ގެދޮރު ބިނާކޮށް، ރިއަލް އެސްޓޭޓް ޑިވެލޮޕްކުރުމަށް ބޭނުންވާ ގިނަ އަދަދެއްގެ ފައިސާ ހޯދުމުގެ މަސައްކަތް ކުރުމަށްޓަކައި، އަނބުރާ ދޭގޮތަށް 550,000 އެމެރިކާ ޑޮލަރު އެ ކުންފުންޏަށް ދިންކަމަށް ބުނާ މައްސަލައިގެ ތަހުގީގަށްފަހުގައެވެ. 

އެ އިދާރާއިން ބުނީ، އެ ފައިސާއަކީ ހުޅުމާލޭގައި 690 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތާ ގުޅިގެން 2007 ވަނަ އަހަރު، އެމްއާރުއީއައިސީން އަނބުރާ ދައްކާގޮތަށް ދޫކޮށްފައިވާ ފައިސާ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް އެ ފައިސާ އަނބުރައި އެމްއާރްއީއައިސީއަށް ދީފައިވާ ނުވާތީ، އެ ފައިސާ ހޯދުމަށް އެމްޓީސީސީއާއި އެމްއާރްއީއައިސީއަށް ވެސް ވަނީ އަންގާފައެވެ.

ހައުސިންގ ޔުނިޓް ހަދަން އޮސްޓްރޭލިއާގެ ކުންފުންޏަށް ދީފައިވާ މި ފައިސާއަކީ، މަސައްކަތަށް ބޭނުންވާ ކެޕިޓަލް ފައިސާ އެ ކުންފުނިން ހޯދުމަށް ފަހު އަނބުރާ އެމްއާރްއީއައިސީއަށް ހަވާލުކުރަންޖެހޭ ފައިސާއެވެ. އަދި މި ފައިސާއަކީ ސީދާ އެ ޕްރޮޖެކްޓަށް އެމްޓީސީސީން، އެމްއާރްއީއައިސީއަށް ދޫކުރި ފައިސާކަންވެސް ތަހުގީގަށް އެނގޭ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް