ކ. މާލެ
|
5 މާރޗް 2023 | އާދީއްތަ 14:12
ބަންގްލަދޭޝްގެ ވެއިޓަރެއްކަމަށްވާ ޝަމީމްއަށް ހަމަލާދީ މަރާލިކަމަށް ތުހުމަތުކުރާ ޕާކިސްތާނުގެ ކައްކާ، މުހައްމަދު އާބިދު
ބަންގްލަދޭޝްގެ ވެއިޓަރެއްކަމަށްވާ ޝަމީމްއަށް ހަމަލާދީ މަރާލިކަމަށް ތުހުމަތުކުރާ ޕާކިސްތާނުގެ ކައްކާ، މުހައްމަދު އާބިދު
ރާއްޖެއެމްވީ
ޚާންޖީ ރެސްޓޯރަންޓްގައި ހިނގި މަރު
އިދާރީ ސަބަބަކާއި ހުރެ އާބިދުގެ އަޑުއެހުން ކެންސަލް
ދެފަރާތުން ދެއްކި ވާހަކަތަކުގެ ލިޔުންތައް ލިބިފައި ނުވޭ
މި މައްސަލައިގައި އޮތީ ހުލާސާ ބަޔާން އިއްވުން

ހުޅުމާލޭގައި ހުންނަ ޚާންޖީ ރެސްޓޯރަންޓްގައި ބަންގްލަދޭޝްގެ ވެއިޓަރެއްކަމަށްވާ ޝަމީމްއަށް ހަމަލާދީ މަރާލިކަމަށް ތުހުމަތުކުރެވޭ، ޕާކިސްތާނުގެ ކައްކާ، މުހައްމަދު އާބިދުގެ އަޑުއެހުން ކެންސަލްވެއްޖެއެވެ.

މިކަމާއި ގުޅޭގޮތުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ އާބިދުގެ އަޑުއެހުން އާދީއްތަ ދުވަހުގެ ހެނދުނު 9:00ށް ތާވަލުކޮށްފައި ވީނަމަވެސް، އަޑުއެހުން ކެންސަލްކޮށްފައިވަނީ ކޯޓުގެ އިދާރީ ސަބަބަކާ ހުރެގެން ކަމަށެވެ. އެގޮތުން ކުރިން އަޑުއެހުންތަކުގައި ދެފަރާތުން ދެއްކި ވާހަކަތަކުގެ ލިޔެކިޔުންތައް ދިފާއަށްވެސް އަދި ދައުލަތަށްވެސް ލިބިފައި ނުވާ ކަމަށެވެ.

އެހެންކަމުން ދިފާއުން ވެސް އަދި ދައުލަތުން ވެސް ހުލާސާ ބަޔާން އިއްވަން ތައްޔާރުވެފައި ނުވާ ކަމަށެވެ. އާދީއްތަ ދުވަހުގެ އަޑުއެހުމުގައި ހެތްކާގުޅޭގޮތުން ވާހަކަ ދެއްކުމާއި ޚުލާސާ ބަޔާން އިއްވަން ތާވަލުކުރިއެވެ.

ހުލާސާ ބަޔާނަށްފަހު ދެން އޮންނާނީ މައްސަލައިގެ ހުކުމް ކުރެއްވުމެވެ. ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިސްމާއީލް ޝަފީއުއެވެ.

އާބިދަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. މި މައްސަލާގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ 29 ޖެނުއަރީގައެވެ. އެ އަޑުއެހުމުގައި އޮތީ މި މައްސަލައިގެ ޑީއެންއޭ ތަހުލީލު ރިޕޯޓު ތައްޔާރުކުރެއްވި އޮފިސަރުގެ ހެކިބަސް ނެގުމެވެ.

އާބިދު ވަނީ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއަށް އިންކާރު ކޮށްފައެވެ. އޭނާ ބުނާ ގޮތުގައި އޭނާއާ ކައްކާއާ ދެމެދު ހިނގި ހަމަނުޖެހުމުގައި އޭނާ އަތް ހޫރާލީ އަމިއްލަ ނަފްސުގެ ދިފާއުގައެވެ. އޭރު އެއީ ވަޅިއެއްކަންވެސް ނޭނގޭކަމަަށާއި، ގަސްދު މަރުގެ ދައުވާއަށް އިންކާރުކުރާކަމަށް އޭނާ ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް