Advertisement
ކ. މާލެ
|
5 މާރޗް 2023 | އާދީއްތަ 07:15
ސައުދީއާއެކު ބޭއްވި މަޝްވަރާގެ ތެރެއިން
ސައުދީއާއެކު ބޭއްވި މަޝްވަރާގެ ތެރެއިން
ސައުދީ ފަންޑް ފޮރ ޑިވެލޮޕްމެޓް
އިގްތިސާދީ ގުޅުން ވަރުގަދަކުރުން
އޮމާނާއި ސައުދީއާއެކު އިގްތިސާދީ މަޝްވަރާތަކެއް ބާއްވައިފި
އޮމާނާއެކު ހަކަތައިގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރި
އެސްޑީއެފްގެ ދަށުން ރާއްޖޭގައި ކުރިއަށްދާ ޕްރޮޖެކްޓުތަކާ ގުޅޭގޮތުން މަޝްވަރާކުރި

އޮމާނާއި ރާއްޖެއާ ދެމެދު އިގްތިސާދީ ދާއިރާއިންނާއި، ހަކަތައިގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާ ބައްދަލުވުން ބާއްވާފައިވަނީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ސަރުކާރުގެ އިސްވެރިން އޮމާނާއި ސައުދީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

Advertisement

މި ދަތުރުފުޅުގައި އޮމާނަށް ވަޑައިގެން މިނިސްޓަރު އަމީރު ވަނީ އެގައުމުގެ ފިނޭންސް މިނިސްޓަރު ސުލްތާން ބިން ސާލިމް އަލް ހަބްސީއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި މާލީ ދާއިރާއާ ގުޅުންހުރި މަޝްވަރާތައް ކުރިއަށްގެންދަވާފައިވެއެވެ. އަދި މި ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރެއްވުމަށް މަޝްވަރާކުރެއްވިއެވެ.

މިނިސްޓަރު އަމީރު ވަނީ އެގައުމުގެ މިނިސްޓަރ އޮފް އެނަރޖީ އެންޑް މިނަރަލްސް، ސާލިމް ބިން ނަސީރު އަލް އައުފީއާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ދެ މިނިސްޓަރުން ވަނީ ހަކަތައިގެ ދާއިރާއިން ދެގައުމުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުން، ސައުދީއަށް ވަޑައިގެން ސައުދީ ފަންޑް ފޮރ ޑިވެލޮޕްމެޓް (އެސްޑީއެފް)ގެ ސީއީއޯ ސުލްތާން އަލް މަރްޝަދްއާ ވެސް ބައްދަލުކުރައްވާފައިވެއެވެ. މި ބައްދަލުވުމުގައި ވަނީ އެސްޑީއެފްގެ ފަރާތުން ރާއްޖޭގައި ކުރިއަށްގެންދާ ޕްރޮޖެކްޓުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް