ކ. މާލެ
|
5 މާރޗް 2023 | އާދީއްތަ 07:29
އާޖެންޓީނާގެ ރައީސް އަލްބާޓޯ ފެނާންޑޭޒް އަދި މެސީ
އާޖެންޓީނާގެ ރައީސް އަލްބާޓޯ ފެނާންޑޭޒް އަދި މެސީ
އާޖެންޓީނާ
މެސީ އަށް މަރުގެ އިންޒާރު ދިން މައްސަލައިގައި އާޖެންޓީނާގެ ރައީސްގެ ވަރުގަދަ އިންޒާރެއް!
 
އެކަންތައް ހިންގި ދެ މީހުން ހޯދާނެ ކަމަށާއި، އެއަށްފަހު އެ ދެ މީހުންނަށް ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދޭނެ ކަމުގެ ޔަޤީންކަން ވެސް އަރުވާފައިވޭ

އާޖެންޓީނާގެ ޤައުމީ ޓީމްގެ ކެޕްޓަން ލިއޮނަލް މެސީ އަށް މަރުގެ އިންޒާރު ދިން މައްސަލައާ ގުޅިގެން އެ ޤައުމުގެ ރައީސް އަލްބާޓޯ ފެނާންޑޭޒް ވަރުގަދަ އިންޒާރެއް ދެއްވައިފި އެވެ.

މެސީ އަށް މަރުގެ އިންޒާރު ބަޔަކު ދީފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ މީހުން ވަނީ އާޖެންޓީނާގެ ސުޕަ މާކެޓަކަށް ވަދެ ބަޑިން އެތަަނަށް ހަމަލާ ދީފަ އެވެ. އެއަށްފަހު އެ ފިހާރާގައި އެ މީހުން ހަރުކުރި ނޯޓެއްގައި ވަނީ މެސީ މަރާލާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ. މީގެ އިތުރުން އެމީހުން ވަނީ މެސީގެ އަތުން ފައިސާތަކެއް ހޯދުމަށް ޑިމާންޑު ވެސް ކޮށްފައި ކަމަށް އެ ޤައުމުގެ މީޑިއާތަކުގައި ވަނީ ބުނެފަ އެވެ. އެކަމާ ގުޅިގެން ރައީސް އަލްބާޓޯ ވިދާޅުވީ، ހޭލަން ޖެހުނީ ވަރަށް ބިރުވެރި އަދި އެހާމެ އުނދަގޫ ކުރުވި ޚަބަރަކާއެކު ކަމަށެވެ. ރައީސް ވިދާޅުވީ ވަގުތުން ރޮޒާރިއޯގެ މޭޔަރު ޕަބްލޯ ޖަކްވިން އަށް ވެސް ގުޅުއްވި ކަމަށާއި، އެކަމުގައި ރައީސްގެ ޗީފް އޮފް ސްޓާފްއާ ވެސް މަޝްވަރާކުރައްވާފައިވާ ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން ރައީސް އަލްބާޓޯ ވިދާޅުވީ އެކަމާ ގުޅިގެން ވީ އެންމެ އަވަސް ފިޔަވަޅެއް އެޅުމަށް މޭޔަރަށް އަންގަވާފައިވާނެ ކަމަށާއި، އެކަމާ ގުޅިގެން ސަރުކާރުން ވެސް އެތައް ކަމެއް ކުރަމުން އަންނަ ކަމަށެވެ. ރައީސް އަލްބާޓޯ ފާހަގަކުރެއްވި ގޮތުގައި އެ އިންޒާރަކީ އާޖެންޓީނާގައި ނުރައްކާތެރި ކުށްތަކެއް ރޭވިގެން ހިނގަމުންދާކަން އަންގައިދޭ ކަމެއް ކަމަށެވެ.

މީގެ އިތުރުން ރައީސް އަލްބާޓޯ ވިދާޅުވީ މެސީ އަށް މަރުގެ އިންޒާރު ދިން މައްސަލަ އަކީ ވަރަށް ސީރިއަސްކޮށް ބަލަން ޖެހޭ މައްސަލައެއް ކަމަށެވެ. އޭނާ ވިދާޅުވީ، އެ ކަންތައް ހިންގި ދެ މީހުން ހޯދާނެ ކަމަށާއި، އެއަށްފަހު އެ ދެ މީހުންނަށް ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދޭނެ ކަމުގެ ޔަޤީންކަން ވެސް އަރުވާ ކަމަށެވެ. މީގެ އިތުރުން އެ ޤައުމުގެ ސަލާމަތީ ކަންކަމާއި، ރައްޔިތުންގެ ސަލާމަތްތެރި ކަމަށް ޚާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

ބޭރުގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން ހަމަލާ ދިން ސުޕަ މާކެޓަކީ މެސީގެ އަންހެނުންގެ އާއިލީ ވިޔަފާރި އެކެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
25%
10%
10%
30%
5%
20%
ކޮމެންޓް