ކ. މާލެ
|
3 މާރޗް 2023 | ހުކުރު 12:51
ހިރިލަންދޫގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި އަސްލަމް ވާހަކަދައްކަވަނީ
ހިރިލަންދޫގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި އަސްލަމް ވާހަކަދައްކަވަނީ
އެމްޑީޕީ
އެމްޑީޕީ އެތެރޭގެ ހަމަނުޖެހުން
ވަކިވެގެން ނޫޅެ މޮޅުވާ މީހާ ފަހަތަށް އެންމެން އަރަންޖެހޭ: އަސްލަމް
އެމްޑީޕީ އުފެދި މިހާ ދުވަސްވާއިރު ޕާޓީ ހަރު ޕާޓީއަކަށް ވާންޖެހޭ
ވަކި ފެކްޝަން ހަދައިގެން ނޫޅެ، ރައީސް ޞާލިހާ ގުޅުމަށް ގޮވާލެއްވި

އެމްޑީޕީ ތެރެއިން ބާއްވާ ޕްރައިމަރީތަކުން މޮޅުވާ މީހެއްގެ ފަހަތަށް އެންމެން އަރަންޖެހޭކަމަށާއި، ފާޓީ ތެރެއިން ވަކި ފެކްޝަން ހަދައިގެން ކަން ކުރެވިގެންނުވާނެ ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިފަދައިން ވިދާޅުވީ ތ. ހިރިލަންދޫގައި ބުރާސްފަތި ދުވަހުގެރޭ ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

އަސްލަމް ވިދާޅުވީ މިހާތަނަށްވެސް އެމްޑީޕީ ދެމިއޮތުމުގެ މައިގަނޑު ސަބަބަކީ ވަކި މީހެއްގެ ފަހަތުން އުޅެން ނުޖެހި، ޕާޓީގެ ހުރިހާ ގުނަވަންތަކެއް ހަމަކޮށް ޕާޓީއެއްގެ ގޮތުގައި އޮތުމުން ކަމަށެވެ. އެމްޑީޕީ އުފެދި އެތައް އަހަރެއް ވެގެންދާއިރު ހަރު ޕާޓީއަކަށް ވާންޖެހޭކަމަށް އަސްލަމް ވިދާޅުވިއެވެ. މީގެއިތުރުން ޕްރައިމަރީއިން މޮޅުވާ މީހެއްގެ ފަހަތަށް ޕާޓީގެ އެންމެން އަރަންޖެހޭ ކަމަށް އަސްލަމް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ ވަކި ފެކްޝަނެއް އުފައްދައިގެން މި ވެރިކަން ގެއްލުވާލިޔަސް ޕާޓީގައި ނުހުންނަވާނެ ކަމަށެވެ. އެމްޑީޕީގެ މި ވެރިކަން ގެއްލުވާލަން މަސައްކަތްކުރާ ބަޔަކީ ޕާޓީއަށްވެސް އަދި ގައުމަށްވެސް ހެޔޮއެދޭ ބައެއް ނޫން ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަދި އެހެން ހައްދަވައިގެން ވެރިކަން ގެއްލުވާލިޔަސް އަޅުގަނޑުމެން ތިބޭނެކަމަށްތޯ ގަބޫލުކުރައްވަނީ. ނޫން ނުވެސް ތިބޭނަން.
އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް

އަސްލަމް އިތުރަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަކީ އެމަނިކުފާނުގެ މަސްއޫލިއްޔަތު ބަރާބަރަށް އަދާކުރެއްވުމުގެ ކޮލިޓީ ހުންނެވި ބޭފުޅެއް ކަމަށެވެ. އެމްޑީޕީއަކީ ވަރަށް ބޮޑު ފިކުރެއް ކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ އެއީ ތަރައްގީއާއި ރައްޔިތުންގެ ކުރިއެރުމާއި އިސްލާހުގެ ފިކުރު ކަމަށެވެ.

ކުޑަ ރަށަކަށް އެރިޔަސް ބޮޑު ރަށަކަށް އެރިޔަސް ފެންނަނީ ތަރައްގީވެ ކުރިއެރުން ލިބިގެންދާތަން ކަމަށާއި، ރައީސްގެ ފުރިހަމަ ކޮލިޓީ އެބަހުރި ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އެމްޑީޕީން ކެންޑިޑޭޓަކު ނެރުމަށް ބޭއްވި އެތެރޭގެ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވާދަކުރައްވާފައެވެ. އަދި ރައީސް ޞާލިހު މި އިންތިޚާބު ކާމިޔާބުކުރެއްވުމާއެކު އެމްޑީޕީ ތެރޭގައި ވަނީ ބައިބައިވުން އުފެދިފައެވެ.

- ކޮމެންޓް
3 މާރޗް 2023 | ހުކުރު 13:36
ރަންނަ
މައުމޫނުވެސް 95% އަށްވުރެ ދަށެއްނުވޭ 30 އަހަރު ވަންދެން. އެއީ ހަމަ މޮޅުވުން ކަމަށް ގަބޫލުކުރިނަމަ އެމްޑީޕީ ވުޖޫދުވެސް ނުވީހެވެ