ކ. މާލެ
|
2 މާރޗް 2023 | ބުރާސްފަތި 10:00
އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގެ ތެރެއިން
އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގެ ތެރެއިން
އެފްއޭއެމް
އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތް
އަނެއްކާ ވެސް އިސްކަންދަރުން ތަފާތު ދައްކާލައިފި
ގްރޫޕް ސްޓޭޖުގެ ކުޅުން އިސްކަންދަރުން ނިންމާނީ ބައިކޮޅަށް ލަނޑެއް ވެސް ނުވަދެ

އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ޑީގެ ފަހު މެޗުގައި އިސްކަންދަރުން ބޮޑު މޮޅެއް ހޯދައި، ގްރޫޕްގެ އެއް ވަނަ ހޯދައިފި އެވެ.

ބުދަ ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު އިސްކަންދަރުން ކާމިޔާބު ކުރީ، ބިލަބޮން އިންޓަނޭޝަނަލް ސްކޫލާ ވާދަކޮށް، 17-0 އިންނެވެ. މެޗުގައި އިސްކަންދަރުގެ ލަނޑުތައް ޖެހީ، މުޙައްމަދު އިލާން އިމްރާން، ދަނިޔަލް މުޙައްމަދު ދީދީ، އީތަން އިބްރާހީމް ޒަކީ، އަޙުމަދު ކައިން ޣަޔާޝް އަދި ޢަބްދުﷲ އައިދަހް ޝާހިދު އެވެ. މީގެ ތެރެއިން އިލާން އެކަނި ވަނީ އަށް ލަނޑު ޖަހައިފަ އެވެ. އީތަން ވަނީ ފަސް ލަނޑު ޖަހައިފަ އެވެ. އައިދަހު ދެ ލަނޑު ޖެހިއިރު، ދަނިޔަލް އަދި ކައިން ވަނީ އެއް ލަނޑު ޖަހައިފަ އެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް އިސްކަންދަރު މޮޅުވެފައި ވަނީ ބޮޑު ތަފާތަކުންނެވެ. ގްރޫޕް ސްޓޭޖުގެ ކުޅުން އިސްކަންދަރުން ނިންމާނީ ބައިކޮޅަށް ލަނޑެއް ވެސް ނުވަދެ އެވެ.

ކުޅުނު ތިން މެޗުން މޮޅުވެ ނުވަ ޕޮއިންޓާއެކު އިސްކަންދަރުން ވަނީ މި ގްރޫޕްގެ އެއް ވަނަ ހޯދައިފަ އެވެ. ދެ ވަނަ ލިބެނީ ދެ މެޗުން މޮޅުވެ، އެއް މެޗުން ބަލިވި ބިލަބޮޮން އަށެވެ.

- ކޮމެންޓް