Advertisement
ކ. މާލެ
|
2 މާރޗް 2023 | ބުރާސްފަތި 09:56
ހިރިލަންދޫ ބިން ހިއްކުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން
ހިރިލަންދޫ ބިން ހިއްކުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން
އެމްޓީސީސީ
ހިރިލަންދޫ ބިން ހިއްކުމުގެ މަސައްކަތް
އޮގަސްޓުގެ ނިޔަލަށް ހިރިލަންދޫ ބިން ހިއްކައި ރައްޔިތުންނާ ހަވާލުކުރެވޭނެ: އާޒިމް
ހިރިލަންދޫއިން 25 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައި
ބިން ހިއްކުމުގެ މަސައްކަތް ޖުލައި މަސްތެރޭގައި ފެށޭނެ

ތ. ހިރިލަންދޫ ބިން ހިއްކުމުގެ މަސައްކަތް އޮގަސްޓު މަހުގެ ނިޔަލަށް ނިންމައި ރައްޔިތުންނާ ހަވާލުކުރެވޭނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ހިރިލަންދޫއިން 25 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްދާއިރު، މި މަސައްކަތް ކުރިއަށްދާގޮތް ސީއީއޯ އާޒިމް ވަނީ ބައްލަވާލައްވާފައެވެ.

Advertisement

މި މަސައްކަތް ބައްލަވާލެއްވުމަށްފަހު ހިރިލަންދޫއިން މިޑިއާތަކަށް މައުލޫމާތުދެއްވަމުން އާޒިމް ވިދާޅުވީ މިއީ ވަރަށް ބޮޑު މަސައްކަތެއް ކަމަށެވެ. މި މަސައްކަތަށް ބޭނުންވާ ހިލަ ބާޖުތައް މި މަސްތެރޭގައި އަންނާނެ ކަމަށާއި، އަދި ޖުލައި މަސް ތެރޭގައި ބިން ހިއްކަން ބޭނުންވާ ޑްރެޖަރު ގެނެވޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ބިން ހިއްކާފައި އެއަށްފަހުގައި ހިލަ ޖެހުމަކީ ވަރަށް ގިނަ ވަގުތު ނަގާ ކަމެއް ކަމަށެވެ. އެހެންކަމުން ހިލަ ޖެހުމުގެ މަސައްކަތް ފުރަތަމަ ފަށަން ނިންމާފައިވާކަމަށާއި، އަދި ޖުލައި މަސް ތެރޭގައި ބިން ހިއްކުމުގެ މަސައްކަތް ފެށޭނެ ކަމަށް ވިދާޅުވިއެވެ. އަދި ދީފައިވާ މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމައި ބިން ހަވާލުކުރެވިގެންދާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

ސަރުކާރުގެ ސިޔާސަތަކީ ހިއްކާފައި އޮތް ތަނެއްނަމަ ހިމާޔަތްނުކޮށް ދޫކޮށްލުމެއް ނޫން. ކޮންމެ މަސައްކަތެއްވެސް ފުރިހަމަކޮށް ކޮށް ނިންމުމަކީ ސަރުކަރުގެ ސިޔާސަތު.
އާދަމް އާޒިމް

އާޒިމް ވިދާޅުވީ މި މަސައްކަތް ނިމިގެންދާއިރު ރަށުގެ ރައްޔިތުންނަށް މޫދަށް އެރެވޭނެ ސަރަހައްދެއް ތަރައްގީކުރެވިގެންދާނެ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ހިރިލަންދޫގެ 25 ހެކްޓަރުގެ ބިން ހިއްކާނެއެވެ. އަދި 1200 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހާނެއެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ 105.19 މިލިއަން ރުފިޔާއަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް