ކ. މާލެ
|
2 މާރޗް 2023 | ބުރާސްފަތި 08:42
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)
ރާއްޖެއެމްވީ
ހުޅުމާލޭ "ރަށު މާރުކޭޓު" ގޮޅި
ހުޅުމާލޭ "ރަށު މާރުކޭޓު" ގޮޅި ކުއްޔަށް ހިފުމުގެ ފުރުޞަތު އެޗްޑީސީން ހުޅުވާލައިފި
ގޮޅި ކުއްޔަށް ދޫކުރަނީ އެންމެ މަތީ އަގު ހުށަހަޅާ 23 ފަރާތަކަށް
ބީލަން ބަލައިގަތުން އޮންނާނީ މާރޗު މަހުގެ 8 ވަނަ ދުވަހު

ހުޅުމާލޭގައި ގާއިމުކޮށްފައިވާ "ރަށުމާރުކޭޓުން" ގޮޅި ބީލަމުގެ އުސޫލުން ކުއްޔަށް ދިނުމަށް ހުޅުވާލައިފިއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) ކުރި އިއުލާނެއްގައި ބުނީ، ހުޅުމާލޭގައި ގާއިމުކޮށްފައިވާ ރަށުމާރުކޭޓުން ގޮޅި ކުއްޔަށް ހިފުމުގެ ފުރުޞަތު ހުޅުވާލެވިފައިވާކަމަށާއި، ގޮޅި ހިންގުމަށް ކުއްޔަށް ހިފާނެ ފަރާތެއް ކަނޑައެޅިގެންދާނީ ބީލަމުގެ އުސޫލުން، ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެމަތީ އަގު ހުށަހަޅާ ފަރާތްތަކަށް ކަމަށެވެ.

ގޮޅި ކުއްޔަށް ދޫކުރަނީ ބީލަމުގެ އުސޫލުން ފޯމު ހުށައަޅާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ އަގު ހުށައަޅާ 23 ފަރާތަކަށެވެ. އެއީ 2 އަހަރުގެ މުއްދަތަކަށެވެ.

އަދި ބީލަން ފެށޭ އަގަކީ މަހަކު 3500 ރުފިޔާއެވެ.

އެޗްޑީސީން މައުލޫމާތު ދޭ ގޮތުގައި ހުޅުމާލެ ރަށުމާރުކޭޓު ގޮޅި ހިންގުމަށް އެދި ބީލަން ބަލައިގަތުން އޮންނާނީ މާރޗު މަހުގެ 8 ވަނަ ދުވަހު 09:30 އާއި 11:00 އާ ދެމެދުއެވެ. 11:00 އާއި ހަމައަށް ދޫކުރެވިފައިވާ ނަންބަރުތަކަށް ފޯމު ބަލައިގަތުމަށްފަހު ބީލަން ހުޅުވުން އޮންނާނެއެވެ.

ބީލަން ހުށަހަޅަން ޖެހޭ ތަން ފަހުގެ ތާރީހެއްގައި އިޢުލާނުކުރެވޭނެކަމަށް އެޗްޑީސީން މައުލޫމާތު ދެއެވެ.

ބީލަން ފޯމު ހުށަހެޅުމާ ގުޅޭ އިތުރު މަޢުލޫމާތު އެ ކޯޕަރޭޝަނުގެ ވެބްސައިޓްގައި ޝާއިޢުކޮށްފައިވާ މަޢުލޫމާތު ކަރުދާހުގައި ވަނީ ހިމެނިފައެވެ.

މި މާރުކޭޓުގެ ގޮޅިތަކުގައި 69 އަކަފޫޓު ހުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް