Advertisement
ކ. މާލެ
|
2 މާރޗް 2023 | ބުރާސްފަތި 08:53
ގާދިއްފުށީ ގޮންޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީގެ ޓީމުން ބައްލަވައިލެއްވުން
ގާދިއްފުށީ ގޮންޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީގެ ޓީމުން ބައްލަވައިލެއްވުން
އެމްޓީސީސީ
ގާދިއްފުށީ ގޮނޑުދޮށް ހިމާޔަތްކުރުން
މާރޗުގެ ނިޔަލަށް ގާދިއްފުށީ ގޮނޑުދޮށް ހިމާޔަތްކޮށް ނިންމާލެވޭނެ: އާޒިމް
މަސައްކަތުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފައި
މަސައްކަތް ކުރިއަށްދިޔައިރު ކައުންސިލުން އެދުނު ބައެއް ބަދަލުތައް ގެނެސްފައިވޭ
ގާދިއްފުށިން 500 މީޓަރުގެ ސަރަހައްދެއް ހިމާޔަތްކުރުމަށް ހަވާލުކޮށްފައިވޭ

ތ. ގާދިއްފުށީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު މާރޗް މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އެމްޓީސީސީގެ ސީއީއޯ އިސްވެ ހުންނަވައިގެން ވަނީ ގާދިއްފުށީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ކުރިއަށްދާގޮތް ބައްލަވާލައްވާފައެވެ. އަދި މީޑިއާތަކަށް މައުލޫމާތުދެއްވަމުން އާޒިމް ވިދާޅުވީ ގާދިއްފުށީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއް މިހާރު ނިމިފައިވާކަމަށެވެ.

Advertisement

އާޒިމް ވިދާޅުވީ އެރަށުން ވަރަށް ބޮޑު ސަރަހައްދެއް ގިރާފައިވާކަމަށެވެ. މިހާތަނަށް ކުރެވުނު މަސައްކަތުން ބޮޑު ސަރަހައްދަކަށް ވެލި އަޅައި ހިމާޔަތްކުރެވިފައިވާކަމަށް އާޒިމް ވިދާޅުވިއެވެ. އަދި މަސައްކަތް ނިމޭ ވަރަކުން އެ ސަރަހައްދުތައް އާންމުންނަށް ހުޅުވާލަމުންދާކަމަށް ވަނީ ވިދާޅުވެފައެވެ.

އާޒިމް ވިދާޅުވީ މި މަސައްކަތް ކުރިއަށްގެންދަނީ ކައުންސިލުން އެދޭ ބައެއް ބަދަލުތައްވެސް ގެންނަމުން ކަމަށެވެ. އީއައިއޭ ހުއްދަ ދޭ ވަރަކަށް ތޮށިގަނޑު ބޭރަށް ޖައްސަން ކައުންސިލުން ބޭނުންވި ކަމަށާއި، އަދި ކައުންސިލުން އެދުނު ގޮތަށް ރަށުގެ ބޭރުން މަގެއް ހެދިފައިވާކަމަށް އާޒިމް ވިދާޅުވިއެވެ.

ގާދިއްފުށީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 23 ސެޕްޓެމްބަރު 2021 ގައެވެ. މި މަޝްރޫއުގެ ދަށުން 500 މީޓަރގެ ރިވެޓްމަންޓް ޖެހުމަށް ހަވާލުކޮށްފައިވެއެވެ. މިއީ 17 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް