ކ. މާލެ
|
2 މާރޗް 2023 | ބުރާސްފަތި 07:26
ފޮރިން މިނިސްޓަރު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން
ފޮރިން މިނިސްޓަރު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ރައިސީނާ ޑަޔަލޮގަށް މިނިސްޓަރު ޝާހިދު އިންޑިއާއަށް
މި ޑަޔަލޮގް ކުރިއަށްދާނީ މި މަހުގެ 2-4 އަށް

މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ނިޝާނު ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގަންނަވައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނިގޮތުގައި މިނިސްޓަރުގެ މި ދަތުރުފުޅުގައި މި މަހުގެ 2 އިން 4 އަށް ނިއު ދިއްލީގައި ބޭއްވުމަށް ހަމަޖެހިފައިވާ 8 ވަނަ ރައިސީނާ ޑަޔަލޮގުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރައިސީނާ ޑަޔަލޮގަކީ އޮބްޒާވާ ރިސާޗް ފައުންޑޭޝަނާއި އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް ގުޅިގެން ކޮންމެ އަހަރަކު ބާއްވާ ކޮންފަރެންސެކެވެ. މިއަހަރުގެ ކޮންފަރެންސްގައި "ހާޓް އޮފް ދަ މެޓަރ: ލައިފް (ލައިފްސްޓައިލް ފޯ އެންވަޔަރަމަންޓް) ފޯ އަވަރ ކޮމަން ފިއުޗަރ" ޕެނަލް ޑިސްކަޝަންގައި މިނިސްޓަރު ޝާހިދު ބައިވެރިވެވަޑައިގަންނަވާނެއެވެ.

މީގެއިތުރުން، މިދަތުރުފުޅުގައި އެކި ޤައުމުތަކުގެ ފޮރިން މިނިސްޓަރުންނާއި އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލުންނާ މިނިސްޓަރު ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

- ކޮމެންޓް